ހޯރަ އިއްބެ މިނިވަން ކުރީ އިންސާނިއްޔަތައްޓަކައި ކަމަށް އެމްޑީޕީއިން ބުނެފި އެވެ. އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި ޖަލަށްލި ހޯރަ އިއްބެގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވުމަށް ރައީސް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ސަރުކާރު ބަދަލުވުމަށްފަހު، އުފެދުނު ސަރުކާރުން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށް، ހިންގި ޝަރީއަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީއަތް ހިމެނޭ ކަމަށާއި، ހޯރަ އިއްބެގެ މައްޗަށް ހުކުމްކުރެވިފައިވަނީ ޝަރީއަތަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވައިގެންކަމަށް ދެކޭކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ހޯރަ އިއްބެގެ ޝާރީއަތުގައި ހިނގައި ދިޔަ އިޖުރާއީ ގޯސްތަކަށް ކޯޓުން ރިއާޔަތްނުކޮށް ދޫކޮށްލައިފައިވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށާއި، އެ މައްސަލައާ ގުޅިގެން އޭނާގެ އާއިލާއިންވެސް އެކަން އެގޮތަށް ފާހަގަ ކޮށްފައިވާ ކަަމަށްވެސް އެމްޑީޕީއިން ބުންޏެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.