2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގެ ޕުރައިމަރީ ނުބާއްވަން އެމް.ޑީ.ޕީ ވޭމަންޑޫގެ ކޯ ޓީމުން ނިންމިކަން ޖަޒީރާއަށް ކަށަވަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ދާއިރާގެ މެންބަރު މުސްތޮފާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ތ.ވޭމަންޑޫގައި އެމް.ޑީ.ޕީ ޕުރައިމަރީ ނުބާއްވަން ނިންމައިފި ކަމަށާއި އަނިޔާވެރިކަމަށް ތާއިދުކޮށް، ރައްޔިތުންނަށް ބިރުދައްކަމުންއައި ސިޔާސީ މަގާމުތަކުގައި ވޭމަންޑޫގައި ތިބި އިސްވެރިން ވަޒީފާއިން ވަކިނުކުރާހާ ހިނދަކު އެމް.ޑީ.ޕީ ޕުރައިމަރީއެއް ނުބާއްވާނެކަމަށް އެމް.ޑީ.ޕީ މެންބަރުން ނިންމައިފި ކަމަށެވެ.
މަޖިލީސް އިންތިހާބުގެ ޕުރައިމަރީ ނުބާއްވަން އެމް.ޑީ.ޕީ ވޭމަންޑޫގެ ކޯ ޓީމުން ނިންމީ މުސްތަފާގެ ޓުވީޓްގައި ވާގޮތައް، އަނިޔާވެރިކަމަށް ތާއިދުކޮށް، ރައްޔިތުންނަށް ބިރުދައްކަމުންއައި ސިޔާސީ މަގާމުތަކުގައި ވޭމަންޑޫގައި ތިބި އިސްވެރިން ވަޒީފާއިން އިސްތިއުފާ ނުދޭތީކަމަށް މައުލޫމާތު ލިބެއެވެ.