ޕިއްޒާއަކީ ވަރަށް ގިނަ އަންހެންވެރިންވެސް ފިރިހެންވެރިންވެސް ލޯބި ކުރާ ކެއުމެކެވެ. ކޮންމެ ވަގުތަކު ދިނަސް ޕިއްޒާއެއް ނުކާނަމޭ ބުނާނީ މަދު މީހެކެވެ. އޭގެތެރެއިން ލިބޭ ޕިއްޒާކޮޅު މަދުވެގެންވެސް ގިނަ ބަޔަކު އުޅެއެވެ. އެކަމަކު މިފަހަރު މިއޮތީ ތަފާތު ހަބަރެކެވެ. ދެލޯބިވެރިއެއްގެ ތެރޭގައި ކުރެވުނު ޕިއްޒާ ފައިޓެއްގެ ވާހަކަ އެކެވެ.

އެމެރިކާގެ ކެލިފޯނިޔާގައި ހިންގި މިހާދިސާގައި، ލޯބި ވެރިޔާގެ މައްޗަށް ޕިއްޒާއެއް އިސް ކުުރުމުން އަމިއްލައަށް ދަންޖެހި މަރުވީއެވެ. އުމުރުން 25 އަހަރުގެ ޖޯޖް ހެފަލް ނަމަކަށް ކިޔާ ފިރިހެން ކުއްޖާ ޕިއްޒާ ތޯ ބޭނުމީ ނުވަތަ ތިމަންނަތޯ ބޭނުމީ އެހުމުން، އެންޖީ ކޯލިން ޑިވޭރިއާ ނަމަކަށް ކިޔާ އުމުރުން 23 އަހަރުގެ އަންހެން ކުއްޖާ ޕިއްޒާއޭ ބޭނުމީ ބުނިކަމަށް އެ އަންހެން ކުއްޖާވަނީ އެމެރިކާގެ ފުލުހުންނަށް މައުލޫމާތު ދީފައެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން ފިރިހެން ކުއްޖާ ގޮސް ކޮޓަރިއަށް ވައިން ކަމަށާއި އޭގެ ގަޑި އިރެއް ފަހުން މީހަކު ޕިއްޒާއެއް ހިފައިގެން ގެއަށް އައިކަމަށާއި އަދި އެއީ އަންހެން ކުއްޖާއަށް ޖޯޖް އޯޑަރު ކޮށްދިން ޕިއްޒާއެއް ކަމަށްވެސް އެ އަންހެކުއްޖާ ބުންޏެވެ. އަދި ޕިއްޒާ ލިބުމުން އަވަހަށް ގޮސް ޖޯޖް އާ އެކު ޕިއްޒާ ކެއުމަށް ޖޯޖްގެ ކޮޓަރިއަށް ވައިން އިރު ޖޯޖް ދަންޖެހިފައި ހުއްޓާފެނުނީ ކަމަށް ވެސް އެންޖީ ފުލުހުންނަށް މައުލޫމާތު ދިންކަމަށް އެމެރިކާގެ ފުލުހުން ބުނެއެވެ.

"ޖޯޖް އެހީ، ޕިއްޒާހޭ ނުވަތަ ތިމަންނަ ހޭ، ދެން އަޅުގަނޑު މަޖަލަކަށް ބުނީ ޕިއްޒާއޭ، ޕިއްޒާ ލިބުމުން އަވަހަށް އުފަލުން ޖޯޖް ހޯދަން ދިއައީ، ގޮސް ކޮޓަރިއަށް ވައިންތަނާ ފެނުނީ ޖޯޖް ދަންޖެހިފައި ހުއްޓާ" ރޮމުން ރޮމުން އެންޖީ ފުލުހުންނަށް ކިޔައި ދިނެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، ޖޯޖް ދަންޖެހުނުއިރު ހުރީ އެއްވެސް މަސްތުވާ އެއްޗެއް ބޭނުން ކޮށްގެންތޯވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފިރިހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޖޯޖް އަކީ ކޮންމެވެސް ވަރަކަށް ޑިޕްރެޝަން އަށް ފަރުވާ ކޮށްފައިވާ މީހެއްކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.