އިސްލާމީ މަރުކަޒު ކައިރިން ބަންދުކޮށްފައިވާ މަގު އަލުން ހުޅުވާލުމަށް އިސްލާމީ މަރުކަޒުގެ ފާރު ތަޅާލުމަކީ މައްސަލައެއް ނޫންކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެ މަގު ބަންދުކުރުމުން ލިބޭ ފައިދާއަށްވުރެ އެމަގު ހުޅުވައިގެން ދަތުރުފަތުރަށާއި ޢާންމުންނަށް ލިބޭ ފަސޭހަ ބޮޑުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެބޭފުޅާ މިހެން ވިދާޅުވީ އިސްލާމީ މަރުކަޒު ކައިރިން ބަންދުކޮށްފައިވާ މަގު ހުޅުވާލުމަށް އެ ސަރަހައްދުގައި ޖަހާފައިވާ މާބްލްސްތައް ތަޅާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެހެންނަމަވެސް ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު އެންމެ ފަހުން ވިދާޅުވެފައިވަނީ އެ ސަރަހައްދު ބަނދުކޮށްފައިވަނީ ގިނަ އަދަދެއްގެ ކުޑަކުދިން އުޅޭ ސަރަހައްދަކަށްވާތީ އެކުދިންގެ ސަލާމަތަށް ކަމަށެވެ.

ސަލްޓަންޕާކަށާއި ކުޑަކުދިންގެ ބަގީޗާއަށް ގިނަ އަދަދެއްގެ ކުދިން ކޮންމެ ދުވަހަކު ޒިޔާރަތްކުރާއިރު، އެ ސަރަހައްދު ބަންދުކުރުމަކީ ގިނަ ބަޔަކަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ދިމާވާނޭކަމެއްކަމަށް މީގެ ކުރިންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.