އިޓަލީގެ ކޮރިނަލްޑޯގެ އެންޑްރިއަޓިކް ކޯސްޓްގައި ހުންނަ ނައިޓް ކްލަބްއެއްގެ ތެރޭގައި ހާސްވެގެން 6 މީހަކު މަރުވެ އިތުރު 47 މީހަކަށް އެކިވަރުގެ އަނިޔާތަކެއްވެއްޖެއެވެ. މަރުވި މީހުންގެ ތެެރެއިން 5 މީހުންނަކީ ކުޑަކުދިން ކަމަށް ކޮރިނަލްޑޯގެ ފުލުހުން ވިދާޅުވިއެވެ. އެއީ ތިން އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. 

ކޮރިނަލްޑޯގެ ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި މިހާދިސާ ހިންގަން މެދުވެރިވީ، ނެށުމުގައި ތިބި ބައެއްގެ ތެރެއަށް މީހަކު ގޮތް ނޭންގޭ ކެމިކަލެއް ޖެހުމުގެ ސަބަބުން އެންމެން ހާސްވެގެން އެއްފަހަރާ ނައިޓް ކުލަބުން ބޭރަށް ނުކުންނަން ދުއްވައިގަތުމުންނެވެ. އަނިޔާވި 47 މީހުންގެ ތެރެއިން 14 މީހެއްގެ ހާލު މިހާރުވެސް ވަރަށް ސީރިއެސް ކަމަށާއި އެމީހުންނަށް އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. 

މިފަދަ ހާދިސާއެއް މީގެ ކުރިންވެސް ހިންގާފައިވާ ކަމަށާއި އެފަހަރު މިއުސިކް ކޮންސާޓެއްގެ ތެރެއަށް ގޮތްނޭންގޭ ކެމިކަލް އެއް ޖެހުމުގެ ސަބަބުން އެއް އަންހެނަކު މަރުވެ 1500 މީހުންނަށް އަނިޔާވި ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. އަދި މި މައްސަލަތަށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ނަށަން ތިބި މީހުންގެ ތެރެއައް ޖަހާފައިވަނީ ކޮންކަހަލަ ކެމިކަލެއްކަންވެސް ވަރަށް އަވަހަށް އިނގިގެން ދާނެކަމަށް ކޮރިނަލްޑޯގެ ފުލުހުން މައުލޫމާތު ދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.