ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަ ކުރުން, އަންނަ އަނގާރަ ދުވަހުގެ ރޭ އޮންނަ ނޫސްވެރިންނަށް އިނާމް ދިނުމުގެ ހަފްލާގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖޭގެ ނޫސްވެރިކަން ފެށުނީ 1943 ގައެވެ. "ސަރުކާރުގެ ހަބަރު" ނަމުގައި ފުރުތަމަ ނޫސް ރާއްޖޭގައި ނެރުނީވެސް 1943 ގައެވެ. ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރާ، އަދި ނޫސްވެރިންނަށް އިނާމް ދިނުމުގެ މިހަފްލާ ޝަރަފުވެރި ކޮށްދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކޮށްފައިވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

ހޯމް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރަމުން އަންނަ، މޯލްޑިވްސް މީޑިއާ ކޮމިޝަނުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ނޫސްވެރިންނަށް އިނާމް ދިނުމުގެ ހަފްލާ އަކީ ނޫސްވެރިންގެ އަގު ވަޒަންކުރުމަށްޓަކައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ހަފްލާއެކެވެ. މިއަހަރުގެ މި ހަފްލާގައި ނޫސްވެރިންނަށް އިނާމު ދިނުމުގެ އިތުރުން، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން "އަލި މަސް ޝަރަފު ގަލަން" އާއި "އަލިމަސް ގަލަން" އަދި "ރަން ގަލަން" ދިނުމަށް ވަނީ ނިންމާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.