އެމްޑީޕީއިން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީއަށް ހުޅުވާލައިފި އެވެ.
ހުކުރު ދުވަހުން ފެށިގެން މަޖިލިސް ޕްރައިމަރީއަށް ހުޅުވާލާފައިވާ ކަމަށާއި، ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމް ބަލައިގަންނަ ސުންގަޑިއަކީ މި މަހުގެ 19 ވާ ބުދަ ދުވަހުގެ ހަވީރު 4:00 ކަމަށް އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ .
އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާއަކަށް ވާދަ ކުރުމަށް ނިންމާފަ އެވެ.
އެގޮތަށް ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެގޮތަށް ހުށަހެޅުއްވުމުންނެވެ. ރައީސް ނަޝީދު ވެސް ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމާ އެކަން އިއުލާން ކުރައްވާފަ އެވެ.