ކޮމިއުނިކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު އަލީ ޞާލިހް ހަމަޖެއްސެވުން މިއީ ގިނަބައެއްގެ ހިތުގައި ސުވާލު އުފެދުނު ކަމެކެވެ. ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ޞާލިހުގެ އަތްޕުޅުން މިނިސްޓަރުކަމުގެ ސަނަދު އަލީ ޞާލިހައް އެރުވުން ވެގެންދިޔައީ ޑިމޮކްރަސީއަށް ކުރި މަލާމާތެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރައްވައެވެ.

ޖުމްހޫރީ ޕާޓީގެ ސުޕޯކްސް ޕާސަންކަން ކުރެއްވުމުގެ އިތުރަށް އަލީ ޞާލިހު ވަނީ ހީނުކުރާފަދަ އެހެން ކަމެއްވެސް ފުރިހަމަ ކުރަށްވަވާފައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއްކަމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެރިރަށް މާލެ ފެހި ކުރުމުގެ ޕުރޮގުރާމެއްގެދަށުން އިންދި ފެންފޯއް ރުއްތައް ބިމާއި ހަމަކުރުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަތުމެވެ. މިކަން ކުރީ އެއްވެސް ރަހުމެއްނެތް ގޮތެއްގައިކަން މިއީ ހުރިހާ ދިވެހިންވެސް ގަބޫލުކުރާ ފެންނަންއޮތް ހަގީގަތެކެވެ.

މިކަމަށް އެއްވެސް ތަހުގީގެއް މިހައިތަނަށް ކުރިކަމެއް އެނގެން ނެތްއިރު، މިދަނޑިވަޅުގައި އަލީ ޞާލިހަށް ދަނީ ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުންތަކެއް ކުރިމަތި ވަމުންކަން ފާހަގަ ކޮށްލެވެއެވެ. ކޯލިޝަނަށް ތާއިދުކުރާ ފޭސް ބުކް ޕޭޖް ތަކުންވެސް އަލީ ޞާލިހަށް ނިސްބަތްކޮށް " ފެން ފޯއް މިނިސްޓަރު " ގެ ނަމުން މުހާތަބުކޮށް ޕޯސްޓްތައް ދައުރުވަމުން ދާއިރު މީގެ އިތުރުން އަލީ ޞާލިހުގެ އެހެން ކަމެއްވެސް މިވަނީ ފެންމަތިވެފައެވެ. މިދިޔަ ހޯމަ ދުވަހުގެރޭ އައްޑޫ ސިޓީ ލިންކް ރޯޑުގައި ހިނގައިދިޔަ އެކްސިޑެންޓްގައި އަލީ ޞާލިހްގެ ކާރުން ޖެހި ޒުވާނަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ވާހަކައިން ފޭސް ބުކް އަދި ޓުވިޓަވަނީ ދޮންބޮޑުވެފައެވެ. އަލީ ޞާލިހުގެ ރިހޭފައި މައްޗަށް ހަގީގަތުގައިވެސް ފޮއެ ވެއްޓުނީއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުވެފައިވާ މިދަނޑިވަޅުގައި ކޯލިޝަސްގެ ނިންމުންތަކާއި މެދު އާމުންގެ ހިތްހަމަ ނުޖެހުން ސަރުކާރައްދަނީ ފާޅުކުރަމުންނެވެ. އެގޮތުން މިއީ ކޯލިޝަންގެ ކޯޅުމުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކޮޅުތަކެއް ކަމުގައި ވުމަކީ ވުން ގާތް ކަންކަމެވެ. ސަރުކާރުގެ ކޮންމެ ނިންމުމަކަށް ދިވެހިރައްޔިތުން އާބަސް ނުކިޔާނެކަން މިއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.