ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބޭރަށްދާއިރު އަތްމަތީގައި ޕާސްޕޯޓް ގެންގުޅުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އިލްތިމާސްކޮށްފިއެވެ.
އެކަން ހާމަކުރައްވައި އެމްބަސީއިން ކުރެއްވި ޓުވީޓުގައިވަނީ ސްރީލަންކާގައި ހިނގައިދިޔަ ނުރައްކާތެރި ބޮމުގެ ހާދިސާ ކަމާބެހޭ ފަރާތްތަކުން ތަހުގީޤުކުރަމުންދާތީ ސަލާމަތީ ބާރުތަކުން ގޭގެއާއި ތަންތަން ބަލައިފާސް ކުރުމާއި ޗެކް ޕޮއިންޓް ތަކުން ޕާސްޕޯޓް ޗެކްކުރުން އަދިވެސް ކުރިއަށްދާކަމަށެވެ. އެ ގޮތުން ލަންކާގެ ގަވާއިދާއި ޤާނޫނުތަކާއި އެއްގޮތަށް ޕާސްޕޯޓްގެ ކަންތައްތައް ފުރިހަމަ ވެފައިތޯ ބެލުމަށްވެސް އެމްބަސީއިންވަނީ އިލްތިމާސް ކޮށްފައެވެެ.
މިދިޔަ އާދީއްތަދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެޤައުމުގެ ޙާލަތު އަދިވެސް ވަނީ ހަމައަކަށް ނޭޅިއެވެ.