ބަހެއްގައި ތިބި ކުދިންތަކަކަށް ދަރިފުޅު ހަނގާކުރުމުން އެކަމުގެ އަދަބެއްގެ ގޮތުގައި 8 ކިލޯ މީޓަރު ދުރަށް ހިންގުވާފައި ސުކޫލަށް ފޮނުވައިފިއެވެ.

އެމެރިކާގެ އޮހައިއޯ ސިޓީގައި ދިރިއުޅޭ އުމުރުން 10 އަހަރުގެ ކުއްޖާ ގަނާކޮށްފައިވަނީ ސުކޫލަށްދާ ބަހުގައި ތިބި އެހެން ކުދިންތަކަކަށެވެ. މިކަން އެ ކުއްޖާގެ ބައްޕައަށް އެނގުމުން ބަހުން ނެރެ ހިންގުވާފައި ސުކޫލަށް ފޮނުވިއެވެ. އަދި ވީޑިއޯކޮށް ޔޫޓިއުބުގައި ހިއްސާކުރިއެވެ. ވީޑިއޯގައި އެ ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި އެގޮތަށް ކަންތައްކުރީ ދަރިފުޅު ކުރީ ކުށެއްކަން ހާމަކޮށްދިނުމުގެ ގޮތުންކަމަށާއި ކޮންމެ މީހަކު ކުރިކަމުގައި ވިޔަސް ހަނގާކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއްނޫންކަމަށެވެ. އަދި ޙާއްސަކޮށް އޭނާ ދިރިއުޅޭ ތަނެއްގައި އެކަން ކުރެވިގެން ނުވާނޭކަމަށްވެސް ބުނެފައިވެއެވެ.

"އަހަރެންނަށް އެނގޭ ގިނަ މައިންބަފައިން މިކަމާ ދެކޮޅުވާނެކަން. އެހެން ނަމަވެސް އަހަރެން މިކަން މިގޮތަށް ކަންތައްކުރީ އަހަރެންގެ ދަރިފުޅަށް ފިލާވަޅެއް ދަސްކޮށްދިނުމުގެ ގޮތުން. އަދި ހަނގާކުރުމަކީ ކުށެއްކަން އަންގައިދޭން" މެޓް ބުނެފައިވެއެވެ.

މެޓްގެ ވީޑިއޯ ޔޫޓިއުބުގައި 350,000 ފަހަރު ޝެއަރ ކޮށްފައިވާއިރު 16 ބިލިއަން މީހުންނަށްވުރެ ގިނަ މީހުން އެވީޑިއޯ ބަލާފައިވެއެވެ. އަދި ގިނަ ބަޔަކު އެކަމަށްވަނީ ތާއީދުކޮށް ކޮމެންޓް ވެސް ކޮށްފައެވެ.

ވީޑިއޯ ލިންކް: https://globalnews.ca/video/rd/1390548035790/?jwsource=cl

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.