ކޮމިއުނިކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވި އަލީ ސޯލިހް ކާރުން ޖެހި ހިނގައި ދިޔަ އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާއަށް އެހީތެރިވަމުން ގެންދަވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މިކަން ހިނގާއިފައިވަނީ ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ ލިންކް ރޯޑުގައެވެ. ޒަހަމްވެފައިވަނީ ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ. އެޒުވާނާގެ ހާލު ސީރިއަސް ނޫންނަމަވެސް އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ. ސޯޝަލްމީޑިއާގައި މިކަމާ ގުޅިގެން ސޯލިހަށް ދަނީ ފާޑުކިޔުންތަށް ކުރިމަތިވަމުންނެވެ.

އަނިޔާވި ޒުވާނާ މާލެ ގެނައުމަށް ސޯލިހް އެހީތެރިވެދެއްވި ކަމަށްވިދާޅުވާއިރު ހޮސްޕިޓަލަށް ވަޑައިގެން އޭނާގެ ހާލު ބެއްލެވުމުގެ އިތުރުން އާއިލާއިން އެދޭ އެހީތެރިކަން ފޯރުކޮށްދެއްވަމުންދާ ކަމަށް ބުނެފައިވެއެވެ. ސޯލިހް "މިހާރު" ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި "މިހިރީ އަޅުގަނޑުގެ އަތުގައި ޑޮކިއުމެންޓް. ސީޓީ ސްކޭނާއި ހުރިހާ އެއްޗެއް ނޯމަލް. އަޅުގަނޑު މިދަނީ އެކުއްޖާގެ ހާލު ބަލައި އެހީތެރިވަމުން،" ޖުމްހޫރީ ޕާޓީގެ ތަރުޖަމާންގެ މަގާމުގައި ވެސް ހުންނެވި އަލީ ސޯލިހް ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ފުލުހުންނަށް އެއްބާރުލުން ނުދެއްވައި ފިއްލެވި ކަމަށް ކުރާ ތުހުމަތު ވެސް އޭނާ ވަނީ ދޮގުކުރަށްވާފައެވެ. އަލީ ސޯލިހް ވިދާޅުވީ އެ މައްސަލަ ފުލުހުން ބަލަން ޒުވާނާގެ އާއިލާއިން ބޭނުން ނުވުމުން ދެ ފަރާތުން ވާހަކަ ދައްކައި މައްސަލަ ނިންމަން އެންގީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.