ޓުވީޓާގައި އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބުގެ ފާޑުކިޔުންތައް ކޯލިޝަނަށް ބަންޑުން ކޮށްލައިފިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު 2012 ވެއްޓުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޙާއްސަކޮށް ޓުވިޓާގައި ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔަމުން އައި ތޮއްޔިބުވަނީ ކޯލިޝަން ސަރުކާރުން ކުރީގެ ރައީސް ޔާމީން ސަރުކާރުގައި މަސައްކަތްކުރި ގިނަ ބަޔަކަށް މަޤާމުތައް ދެމުން ގެންދާތީ ފާޑުކިޔާފައެވެ. ފާޑުކިޔަމުން ކުރި ޓުވީޓުގައި، ހިނގަމުން އަންނަ އުޞޫލު ނުވަތަ ސިސްޓަމް ބަދަލު ނުވާކަމަށާއި އިމިގްރޭޝަނަށް ހަމަޖެއްސި އަންވަރަކީ އޭގެ ކުޑަކުޑަ މިސާލެއްކަމަށް ބުނެފައިވެއެވެ. އަދި ބަޔަކަށް މުސާރަ ދޭން ބޭނުންނަމަ ކޮމިޝަނެއް އެކުލަވާނުލިނަމަވެސް ލާރި ދެވޭނެކަމަށާއި، ކޮންމެހެން ނަމެއްގައި ކޮރަޕްޝަން ބަލާ ކޮމިޝަނެއް ހަދާނެކަމެއްނެތްކަމަށްވެސް ވަނީ ބުނެފައެވެ.
ނިމުނު ޔާމީން ސަރުކާރުގެ ކޮންމެކަމަކަށް ފާޑުކިޔަމުން އައިސް ވެރިކަން ބަދަލުވެ، ކޯލިޝަން ސަރުކާރުގެ ކަންކަމާމެދު ހިތްހަމަ ނުޖެހުންފާޅު ކުރަން ފެށުމުން ގިނަ ބައެއްގެ ފާޑުކިޔުންތައްވަނީ އަމާޒުވެފައެވެ.