މަދުމަދުން ނަމަވެސް ރާއްޖޭގައި އެއިޑްސްބަލި ފެތުރެމުންދާކަމަށް ހެލްތް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ "ނޯ ޔުއަ ސްޓޭޓަސް" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރެވެ. އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިބަލި ފެތުރެމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޞިއްޙީ ތަފާތު މައްސަލަތައް ހަމަ އެކަނި ސަރުކާރަށް އެކަނި ހައްލު ނުކުރެވޭނެ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކުރުމުގައި އެކަމާ ގުޅުންހުރި ހުރިހާ ވުޒާރާތަކާއި ޖަމިއްޔާތަކުގެ އެއްބާރުލުންވެސް ބޭނުންވާކަމަށް ހާމަކުރެއްވިއެވެ.

"ލިބިފައިވާ ބޭސްތަކާއި ފަރުވާތައް ދަނީ ކުރިއަށް. ރާއްޖޭގައި އެއިޑްސް ބަލި މަޑުމަޑުން މައްޗަށް ދާ ކަމަށް ފެންނައިރު، ޓެސްޓު ކުރުމާއި ޕަބްލިކް އެވެއާނަސް ވަރަށް މުހިއްމު ކަމެއް. މި ސްލޯގަނާ އެކު، އިތުރު ހިތްވަރާ އެކު މި ކެމްޕެއިން ފައްޓަނީ އެވެއާނަސް ޕްރޮގްރާމެއް ގޮތުގައި ހުރިހާ ބޭފުޅުން އެއްބާރުލުން ދެއްވުން އެދި ދަންނަވަމުން،" ޝާހް ވިދާޅުވި އެވެ.

ރާއްޖޭގައި އެޗްއައިވީ އަށް ޕޮޒިޓިވް ވެގެން ފާއިތުވި 36 އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައިވަނީ 25 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މަރުވެފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.