އުސޫލުތަކުގެ ބޭރުން، ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރާނަމަ އޭވިއޭޝަން ދާއިރާގެ މުސްތަގުބަލް ރަނގަޅެއް ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ހިތޯބެއްގައި ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ދާއިރާ ރަނގަޅުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޤަވާއިދު ތަކުގެ ތެރެއިން މަސައްކަތް ކުރުން އާދައަކަށް ހަދަންޖެހޭ ކަމުގައެވެ. އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް އޮންނައިރު، ނުފޫޒު ބޭނުންކޮށްގެން ކަންކަން ކުރުން މުޅިން ނައްތާލަން ޖެހޭކަމުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރު ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށްޓަކައި ޑޮމެސްޓިކް އެއާޕޯޓްތައް ނަފާވާ ވިޔަފާރި ތަކަކަށް ބަދަލުކުރުމަށް މިހާރު މަސައްކަތް ކުރަންޖެހިފައި ވާކަމަށެވެ. އެއާޕޯޓްތައް އިތުރުކޮށް މިދާއިރާގެ ހިންގުން ހަރުދަނާވެ ހިދުމަތް ފުރިހަމަ ވެގެންދާނީ އޭރުން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އޭވިއޭޝަން ދާއިރާއަށް ހުރި ބައެއް ވައުދުތައް މިނިސްޓަރ ފާހަގަ ކުރައްވައި، އަދި އެ ވައުދުތައް ފުއްދޭނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ އައިޝާ ދެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.