އެމް.ޕީ ކަޕް 2018 ގެ 6 ވަނަ މެޗުގައި އޮމަދުއާއި އާއި ކިނބިދޫ ކުޅުމަށް ހަމަޖެހިފައިވި މެޗް އޮމަދޫ ޓީމު މެޗަށް ހާޒިރު ނުވުމުގެ ސަބަބުން ކިނބިދޫ ޓީމަށް މެޗު ލިބިއްޖެއެވެ.

ހަބަރު ލިބޭ ގޮތުގައި މިކަން މިގޮތައް ހިނގީ އޮމަދޫ އާއި ވަންދޫ ކުޅުނު މެޗްގައި ދިމާވި ބައެއް މައްސަލަތަކަށް މުބާރާތު ކޮމެޓީން ނިންމި ނިންމުން ތަކާއިމެދު އޮމަދޫ ޓީމު ހިތްހަމަ ނުޖެހިގެންނެވެ.

މިމުބާރާތުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު،

3 މެޗު ކުޅެ 7 ޕޮއިންޓާއި އެކު ޕޮއިންޓް ތާވަލުގެ 1 ވަނާ ގައި އޮތީ ކިނބިދޫއެވެ.

6 ޕޮއިންޓާއި އެކު 2 ވަނާ ގަ އޮތީ ވަންދޫއެވެ.

4 ޕޮއިންޓާއި އެކު 3 ވަނާ ގަ އޮތީ ހިރިލަންދޫއެވެ.

އޮމަދޫ ޓީމަށް މެޗެއް ކާމިޔާބު ކުރެވިފައި ނުވާއިރު އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމުބާރާތުގެ 7 ވަނަ މެޗްގައި މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވަނީ ހިރިލަންދޫ އާއި ކަނޑޫދޫއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.