ޔޫޓިއުބްގައި ކުރު ވީޑިއޯ ހަދައިގެން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތަކަށް އުމުރުން އެންމެ ހަތް އަހަރުގެ ކުއްޖެއް ވެއްޖެއެވެ.

ގުރޭޑް އެކެއްގައި ކިޔަވަމުންދާ ޖޯޖިއާއަށް އުފަން ރަޔަން ކިޔާ މި ކުޑަ ކުއްޖާއަށް ޔޫޓިއުބަށް ވީޑިއޯ އަޕްލޯޑްކޮށްގެން 22 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފޯބްސްއިންވަނީ ހާމަކޮށްފައެވެ. ރަޔަން ޓޯއީސް ރިވިއު ނަމުގައި 2015 ވަނަ އަހަރު ހުޅުވި ޔޫޓިއުބު ޗެނަލްއަށް 17 މިލިއަން މީހުން ސަބްސްކްރައިބު ކޮށްފައިވެއެވެ. މިއަދާ ހަމައަށް ރަޔަންގެ އެކި ވީޑިއޯތަކަށް 26 ބިލިއަން ވިއުސް ލިބިފައިވާއިރު، އެންމެ މަޝްހޫރުވި ވީޑިއޯ 1.6 ބިލިއަން މީހުން ބަލާފައިވެއެވެ. މީގެ އެއްދުވަސްކުރިން އަޕްލޯޑްކުރި ވީޑިއޯ 683,000 މީހުން ބަލާފައިވާއިރު، ގަޑިއިރެއްގެ ތެރޭގައި އެއް ވީޑިއޯވަނީ 3000 މީހުން ބަލާފައެވެ.

ރަޔަންގެ ވީޑިއޯތަކުގައި ފެންނަނީ ކުޅެން ކުޅޭ ސާމާނު ފޮށިގަނޑުން ނަގައި ރާވާ ތަނާއި، ލެގޯއާއި ބެހޭ ކުރު ވީޑިއޯތަކެވެ. އަލަށް ކުޅޭ އެއްޗެއް ލިބި އެ އެއްޗެއް ނަގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފަށާ މަންޒަރުތައް ރަޔަންގެ ވީޑިއޯތަކުން ފެނެއެވެ. އެގޮތުން އެއް ވީޑިއޯގައި 100 އަށްވުރެން ގިނަ ކުޅޭ ސާމާނު ދެއްކިއިރު ކޮންމެ އެއްޗަކަށް ހޭދަވަނީ މަދު ސިކުންތު ކޮޅެކެވެ.

ރަޔަންގެ ޗެނަލް ރަޔަންގެ މަންމަ ހަދާފައިވަނީ ރަޔަންގެ އެދުމުގެ މަތީންނެވެ. ކުޅޭތަކެތި ރިވިއުކުރާ އެހެން ޔޫޓިއުބު ޗެނަލްއެއްކަމަށްވާ އީވާން ޓިއުބް އެޗްޓީ ޗެނަލް ފެނި، އެފަދަ ޗެނަލްއެއް ރަޔަންއަށް ނުހެދެންވީ ކީއްވެތޯ ސުވާލުކުރިކަމަށްވެއެވެ. އަދި ހައި ސުކޫލުގެ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާ ދޫކޮށްލާ ރަޔަންގެ އެދުމުގެ މަތީން ޔޫޓިއުބު ޗެނަލް ހިންގަން ފެށީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.