ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ފޮނުއްވައިފި ކަމަށް ރައިސް އޮފީހުން މައުލޫމާތު ދީފިއެވެ.

މީގެ އިތުރުން ރައިސް އޮފީހުން ވިދާޅުވީ މި ސިޓީފުޅުގައި، ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުށާއި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފާހަގަކުރައްވާފައިވާކަމަށެވެ.

ރައީސްގެ މި ސިޓީފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ނަގަހައްޓައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން ކަށަވަރުކޮށް، ޤައުމުގެ ހިންގުން ހަރުދަނާކޮށް، ކުދި ޖަޒީރާ ޤައުމެއްގެ ގޮތުގައި ދެމެހެއްޓެނިވި ތަރައްޤީއަށް ޖާގަދިނުމުގައި، ކޮމަންވެލްތްގެ މެންބަރަކަށް ވުން މުހިންމު ކަންވެސް ފާހަގަކުރައްވައިފައި ވެއެވެ.

ދިވެހިރާޖެއިން ކޮމަންވެލްތްގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ރާއްޖެއާ މެދު ތަފާތުކޮށް ކަންކަން ކުރާކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 2016 ވަނަ އަހަރު ކޮމަންވެލްތުގެ މެމްބަރުކަމުން ދިވެހިރާއްޖެ ވަކިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.