ކުޑަކުއްޖަކާއި ބަދުއަހުލާގީ އަމަލު ހިންގިކަމަށް ސާބިތުވެގެން 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ އިބްރާހިމް ރަޝީދު (ހޯރައިއްބެ) މިނިވަން ކުރުމަކީ ރަގަޅުކަމެއް ނޫންކަމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެއްވެސްބކިއްޖަކީ ޖިންސީ ގުޅުންހިންގަން ކޮންސެންޓް ދެވޭނެ ކުއްޖެއްނޫން" ކަމުގައެވެ. އަދި "މީގެ ސަބަބުން (ހޯރައިއްބެ މިނިވަން ކުރުމުން) ވަރަށްގިނަ ބަޔަކަށް ކުރީގެ ހިތި ހަނދާންތަކެއް އާވެގެން އެބަދޭ" ކަމުގައެވެ. އަދި މިފަދަ ކަންކަމުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ރަނގަޅު ނިޒާމެއް އޮތުން މުހިއްމު ކަމުގައިވެސް އީވާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.