ފުޅިއަޅައިގެން އެންހިފުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލުދެރަވި މުބާރިކު އަބުދުއްލޯ(31) އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ރޭގެ ފަތިހުގެ ވަގުތެއްގައި ދިމާވި ހާދިސާގައި ހާލުދެރަވެގެން މުބާރިކު އާއި އެކު އިތުރު ދެމީހުން ގދ.ތިނަދޫ ހޮސްޕިޓަލަށް ގެނެވުނީ ހެދުނު 6:05 ހާއިރުއެވެ. މީގެތެރޭގައި ހިމެނޭ އުމުރުން 37 އަހަރުގެ އަމީތު ސައީދު އަށް ފަރުވާ ދެމުން ގެންދަނިކޮށް ވަނީ ނިޔާވެފައެވެ.                   އިތުރު ފަރުވާއަށް މުބާރިކު މާލެ ގެންދިއުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއްގައި ތ. ވޭމަންޑޫ އަށް ގެންގޮސް، ތ.އަތޮޅު ހޮސްޕިޓަލްގެ ސީ އެމްބިއުލަންސް ގައި މާލެއަށް ގެންދިއުމަށް ދަތުރުކުރަމުން ދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގދ.ތިނަދޫ ކައިރީގައި އޮންނަ، އައުޓްރިގާ ކޮނައްޓާ ރިސޯޓު ކައިރިއަށް "ހުޝިޔާރު" ދޯނިން އެންހިފުމަށްޓަކައި، ފުޅިއަޅައިގެން 4 މީހުން 44 މިޓަރު ފުނުގައި 35 މިނެޓު ހޭދަކޮށްފައި ވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.                                                    

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.