ހަނދަށް ދިއުމަށްޓަކައި ޗައިނާއިން ފަރުމާކުރި ސްޕޭސް ކްރާފްޓް އުދުއްސާލަން ތައްޔާރު ވެއްޖެއެވެ. މިއަދު ހަވީރު އުދުއްސާލަން ޝެޑިއުލް ކުރެވިފައިވާ މި ސްޕޭސް ކްރާފްޓަކީ، ޗައިނާގެ ސްޕޭސް އެޖެންސީއެއް ކަަމަށްވާ " ޗޭންޖް ފޯ މިޝަން" އިން ފަރުމާކުރި ސްޕޭސް ކްރާފްޓެކެވެ. މިހާތަނަށް ހޯދިފައި ނުވާ ހަނދުގެ ބިއްދޮށް ފަޅި ނުވަތަ "ދަ ޑާކް ސައިޑް އޮފް ދަ މޫން" ދިރާސާ ކުމުގެ މަގުސަދުގައި ޗައިނާއިން އުފެއްދި މި ސްޕޭސް ކްރާފްޓަށް ނަން ދީފައިވަނީ ޗައިނާގައި ހަނދަށް އަޅުކަން ކޮށް އުޅޭމީހުންގެ ކަލާނގޭގެ ނަމުންނެވެ.

މާހިރުން ބުނާގޮތުގައި ސްޕޭސް ކްރާފްޓް ކާމިޔާބު ކަމާއި އެކު ހަނދުގައި ޖައްސައިފި ނަމަ 1 ޓަނުގެ މަސައްކަތު ސާމާނު ހަނދަށް ބޭލޭނެ ކަމަށާއި އޭގެ ސަބަބުން ހަނދުގެ ބިންގަނޑުގެ އަޑީގައި މިހާތަނަށް ނުހޯދިހުރި ބައިވަރު ވައްތަރުގެ އާލާތްތަށް ހޯދި ހަނދުގެ ހަގީގަތް ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެމެންގެ އަޒުމަކީ "ދަ ޑާކް ސައިޑް އޮފް ދަ މޫން" ގެ ހަގީގަތް ހޯދުން، އަދި ހަނދުގެ އެފަޅީގައި ތަފާތު ކެމިކަލްއެއް ހުންނާނީ ކީއްވެތޯ ބެލުމާއި އެ ކެމިކަލް އަކީ ކޮބައިތޯ ބެލުން" ޔުނިވާރސިޓީ އޮފް މެންޗަސްޓާރގެ ލޫނާ ސައިންޓިސްޓެއް ކަމަށްވާ ކެތަރިން ޖޯއީ ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.