މިދިޔަ ބުދަ ދުވަހު ކުރި ގަދަވިއްސާރައިގާ މާލޭގައި ފެންބޮޑުވި ބޮޑުވުމަކީ މިހައިތަނަށް މާލެއަށް ނުކުރާވަރުގެ ވިއްސާރައެއްގެ ސަބަބުން ކުރިމަތިވި ހާލަތެކެވެ. މިކަމާ ގުޅިގެން މާލެގެ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތަށް ވަނީ ގެދޮރަށާއި މުދަލަށް ލިބިފައެވެ.
މިކަން އެންމެ ގާތުން ދުއް އެއްފަރުދަކީ އެމީހަކަށްޓަކައި ގިނަބަޔަކު މިއަދު ފަހުރުވެރިވާ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އަހްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ. ރުކުމާ ފާހަގަ ކުރެވިފައިވަނީ މަޖިލީހުގައިވެސް އެންމެ އިހްލާސްތެރި އެއް މެންބަރެއް ގެ ގޮތުގައެވެ.
ހެންވޭރު ދެކުނު ދާއިރާގެ ހަމައެކަނި ހުރި މިސްކިތްކަމަށްވާ ޝަހީދު އަލީ މިސްކިތައް ފެންވަނުން ހުއްޓުވުމަށް އެންމެ ފުރަތަމަ އިސްކަމެއްދެއްވާ ރުކުމާވަނީ ދާއިރާގައި ހިމެނޭ 12 ވަރަކަށް ގެއަށް އިތުރު ވޮލަންޓިއަރުންނާއިއެކު ވަދެ އަތުކުރި އޮޅާލާ އެކަމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
މަޖިލީހުގައި އެންވާރުމަންޓް މިނިސްޓްރީއާއި އެކު ކުރިއަށްދިޔަ ބައްދަލުވުމެއް ދޫކުރަށްވާ ނިކުމެވަޑައިގަތީ މާލޭގެ ހާލަތު ގޯސްވެގެން ދިޔުމުގެ ސަބަބުންނެވެ. އެކަމަށް ނިކުމެވަޑައިގަތީ އަޅައިގެން ހުރި ޓައީއާއި އެކުގައި ކަންފާހަގަ ކުރީ ދިވެހިރައްޔިތުންނެވެ. ރައްޔިތުންގެ ލޯބި ރުކުމާއަށް ލިބުނީ އިއްޔެއަކު މިއަދަކު ނޫންކަން ފާހަގަ ކުރައްވާ ރުކުމާ ވިދާޅުވީ " ރައްޔިތުން އަޅުގަނޑު ބަލައިގަތީވެސް ކޮމިއުނިޓީ ލެވަލްގަ މިގޮތަށް އުޅެމުން ދަނިކޮށް "
މިފަދަ ކަމެއްގައި ބައިވެރިވެވުނީމަ ލިބޭ ހިތްހަމަޖެހުމަކީ ކޯބައިތޯ ސުވާލު ކުރުމުން ރުކުމާ ވިދާޅުވީ " އެހީވެވުނު ގެތަކުގެ ފަރުދުން ތިބީ ވަރަށް ހިތްހަމަޖެހިފަ، ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެއީ " ކަަމަށެވެ.
ރައްޔިތުންގެ ވޯޓާއިމެދު ދެކޭގޮތަކީ ކޮބައިތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ރުކުމާ ވިދާޅުވީ " ވޯޓަކީ ހިތުން ރުހުމު ދޭއެއްޗެއް، ރައްޔިތުން ބަލައިގަންނާނެގޮތަށް އުޅެ ކޮންމެ އާއިލާއެއްގަ ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ ޔަގީންކަމުގައި 5 އަހަރަށް ދޭއެއްޗެއް " ކަމުގައެވެ.
މިހިނގައި ދިޔަފަދަ ހާލަތެއް ކުރިއަށް އޮތްތަނުގައި މެދުވެރިވެއްޖެނަމަ އިސްކުރާނީ މަޖިލިސް ގޮނޑިތޯ ނުވަތަ ރައްޔިތުންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ " ޔަގީނުންވެސް އިސްކުރާނީ ރައްޔިތުން " ކަމަށެވެ.
ރުކުމާ ވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ހެންވޭރު ދެކުނު އެމް.ޑީ.ޕީ ޕްރައިމަަރީގައި ވާދަ ކުރަން ނިންމާފައެވެ. މަޖިލީހަށް ބޭނުމީ މިފަދަ ރިވެތި މިސާލު ދައްކަވާ ބޭފުޅުންނެވެ. ރުކުމާ އަހުމަދަކީ ނަމޫނާ ބޭފުޅެކެވެ.