މިއަހަރުގެ އެންމެ ފަހު ސުޕަހިޓް "އަކުއަމޭން" އަދިވެސް އޮތީ ރިލީސް ކުރުމާއި 2 ހަފްތާ ދުރުގައެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމު ބަލާލުމުގެ ފުރުސަތު މަދުބަޔަކަށް ލިބިފައިވާއިރު، ފިލްމުގެ ލީޑިންގް އެކްޓަރު އަދި ފިލްމު ބަލާނުލައެވެ.

ގިނަ ބައެެއްގެ ޝައުގުވެރިކަން ހޯދާފައިވާ މަޝްހޫރު އެކްޓަރ "ޖޭސަން މޮމޯއާ" އެނާ އެކްޓުކުރި ފިލްމު "އަކުއަމޭން" ނުބަލާ މަޑުކުރަނީ އޭނާގެ ދަރިންނާއިއެކު ސިނަމާގައި އެފިލްމު ބެލުމަށްޓަކައި ކަމަށް ޖޭސަން މޮމޯއާ ބުނެއެވެ.

ސިނެމާބްލެންޑްއަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައި ޖޭސަން މޮމޯއާ ބުނީ، އަކުއަމޭންގެ ޝޫޓިންއަށް ދާން އޭނާ ތައްޔާރުވާއިރު އޭނާގެ 10، އަހަރާއި 11 އަހަރުގެ ދެކުދިން ބަލަންތިބޭ ކަމަށާއި، އޭނާވާ ތައްޔާރީތަށް ފެނިފައި އެދެކުދިން ތިބެނީ މި ފިލްމު ބަލާލުމަށް ކެއްމަދުވެފައި ކަމަށެވެ.

"އަޅުގަނޑު އަދި ނުބަލަން އަޅުގަނޑު ކުޅުނު ފިލްމު "އަކުއަމޭން" އެއް، ވަރަށް މުހިއްމު ސަބަބެއްވެސް އެބައޮތް އެކަމަށް، އެއީ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ދަރިންނާއިއެކު އެފިލުމް ބަލާލަން، އަޅުގަނޑަކަށް ނޭނގޭ އެދުވަހު އަޅުގަނޑަށް ކުރެވޭނެ އިހުސާސްތަކެއްވެސް، އިނގޭކަށް ބޭނުމެއްވެސް ނޫން، ބޭނުންވަނީ އެދުވަހު އަޅުގަނޑުގެ ދަރިފުޅުގެ އިހުސާސްތަށް ބަލާލަން، ބައްޕަ ސުޕާހީރޯއެއްގެ ގޮތުގައި ދަރިންނަށް ފެނުނީމަ ވާ އުފާ ބަލާލަން ބޭނުމީ، ހީވަނީ "އަކުއަމޭން" ބަލާފަ ދަރިފުޅު އެންމެ ގަޔާވާ "ބެޓްމޭން" ދޫކޮށްލާ "އަކުއަމޭން" އަށް ލޯބި ޖެހޭނެހެން، ސަބަބަކީ އަކުއަމޭން އަކީ ދަރިފުޅުގެ ބައްޕަ ކަމަށް ވާތީ، އެއީ އަޅުގަނޑު"، ޖޭސަން މޮމޯއާ ބުންޏެވެ.

"އަކުއަމޭން" އަކީ ބޮކްސް އޮފީހުން ލަފާކުރާ ގޮތުގައިވެސް ވަރަށް ކާމިޔާބު ވެގެންދާނެ ފިލްމެކެވެ. ކަނޑު އަޑީގެ ރަސްގެފާނުގެ ވާހަކައެއް ދައްކުވައިދޭ، މިފިލްމު އިނގިރޭސިވިލާތުގައި ރިލީސްކުރާނީ މި ޑިސެމްބަރު މަހު 14 ވަނަ ދުވަހުއެވެ. ފިލްމު އަޅުވާ ފުރުތަމަ ދުވަހުވެސް 65 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށާއި ފުރުތަމަ ހަތް ދުވަސް ތެރޭގައި 100 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ބޮކްސްއޮފީހުން މައުލޫމާތުދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.