2012 ޖެނުއަރީ 1 ގެފަހުން ސިޔާސި މަގުސަދަކަށްޓަކައި ހުކުމް ކުރެވިފައިވާ ފަރާތްތަކާއި، އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން، ސިޔާސީ ބޭނުމަކަށްޓަކައި ހުކުމް ކުރެވިފައިވާ ފަރާތްތަކުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ފުރުސަތު ހުޅުވާލެއްވީ، ސިޔާސީ މަގުސަދަކަށްޓަކައި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސިޔާސީ ބޭނުމަކަށްޓަކައި ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން މައްސަލައާއި ގުޅޭ އެންމެހާ ލިއެކިއުން ތަކާއިއެކު 6 ޑިސެމްބަރ 2018 އިން ފެށިގެން 30 ދުވަސް ތެރޭގައި ޝަކުވާ ހުށަހެޅުމަށެވެ.
ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި ބެހޭ ކޮމިޓީއެއް އެކުލަވާލައްވާފައި ވެއެވެ.