ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް ބާރުތައް ދިނުން ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަސް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ. އަދި ކޮމިޝަނަށް އެއްބާރުލުން ދެއްވާނީ އެކޮމިޝަންތަކަށް ބާރުތައް ދިނުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ކަމަށްވެސް ވިދާޅުވިއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށާއި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ބޮޑެތި ބާރުތައް ދީފިނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ދެ ކޮމިޝަނަށް ގަނޫނީގޮތުން ބޮޑެތި ބާރުތައް ލިބޭ ބިލް ފާސްވެއްޖެނަމަ، ޝައްކު ކުރެވޭ ތަންތަން ބެލުމާއި ތުހުމަތުވާ މީހުން ހައްޔަރުކުރުން ފަދަ ކަންކަމަށް ކޯޓް އަމުރަށް އެދުމާއި އެކައުންޓްތަށް ފްރީޒް ކުރުން ފަދަ ކަންކަމަށް އެދުމުގެ ބާރު އެ ކޮމިޝަނަށް ލިބިދޭނެއެވެ. އަދި އެގޮތުން އެދެ ކޮމިޝަނަށް ދައުވާ އުފުލުމާއި ދައުވާ ލިބިގަތުމުގެ ބާރާއި، ތަހުގީގު ހިންގުމުގެ ބާރު ލިބިގެންދާނެ އެވެ.