ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް، ގައުމީޓީމުގެ ކުރީގެ ކެޕްޓަން އަސްހަދު އަލީ(އަޑުބަރޭ) ހަމަޖައްސަވައިފިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތަކުގައި ވަރަށްބޮޑަށް ބައިވެރިވި އަސްހަދު ވަނީ ވީބީ އައްޑޫ އެފްސީ އަދި ގްރީން ސްޓްރީޓްގެ ކެޕްޓަން ކަންވެސް ކޮށްފައެވެ.
އަސްހަދު ސިޔާސީ މައިދާނުގައި ފުރަތަމަ ފެނިގެން ދިޔައީ ޑީއާރުޕީ އިންނެވެ. އޭގެފަހުން އެމްޑީޕީއަށް ބަދަލުވެ، އެޕާޓީގެ ގައުމީ މަޖިލިސްގެ މެންބަރުކަން ވެސް އަސްހަދު އަދާކުރިއެވެ. އޭގެފަހުން މިހާރުހެގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއިއެކު ޖޭޕީއަށް ބަދަލުވެ، އެންމެފަހުން ބޭއްވި ޖޭޕީގެ ކޮންގްރެސް ގައި ވާދަކޮށް އެޕާޓީގެ ކައުންސިލަށް އިންތިހާބުވިއެވެ.