އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިންގް ޔޫނިއަން، އޭބީޔޫގެ ފުރަތަމަ ސޯންގް ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހުޅުވާލައިފިއެވެ.

އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި ކުރިއަށްދާ މި ކޮންޓެސްޓްގެ ފައިނަލް ޝޯ އޭބީޔޫގެ މެމްބަރު ހުރިހާ ޤައުމަކުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މި ޕަރފޯމެންސްތަށް ދެ ބިލިއިއަނަށްވިރެ ގިނަ ފަރާތްތަކުން ބަލާނެކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ހުނަރުވެރިންގެ ހުނަރުތަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ޕީއެސްއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭބީޔޫގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ޕީއެސްއެމް އިން ވަނީ ފުރުސަތުތަށް ހޯދާދީފައެވެ. އޭގެތެރޭގައި އޭބީޔޫ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްއާއި ސޯންގް ފެސްޓިވަލްތަކުގައި ޕީއެސްއިންވަނީ ދިވެހިންނަށް ފުރުސަތު ހޯދާދީފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މޭ 9 އެއްގެ ކުރިން އެ ފަރާތެއްގެ ސީވީ ޕީއެސްއެމްއަށް މެއިލްކުރަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *