ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ލަޔާލް މަނިކް ހިމެނޭގޮތަށް އިތުރު 18 ދާއިރާއަކަށް ޕުރައިމަރީ އަކާއިނުލައި ޕީޕީއެމް އިން ޓިކެޓް ދީފިއެވެ.
ޕްރައިމަރީ އަކާއިނުލައި ވާދަކުރުމަށް ރައީސް ޔާމީނު ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު އާއި ރައީސް މައުމޫނުގެ ދަރިކަލުން ޤައްސާން މައުމޫނަށް ޓިކެޓް ދީފައިވެއެވެ.
އާޒިމާ އަށް ޕީޕީއެމް އިން ޓިކެޓް ދިނީ ހޮޅުދޫ ދާއިރާއަށް ވާދަކުރުމަށެވެ. ގައްސާން މައުމޫންއަށް ޓިކެޓް ދިނީ ތ ގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށެވެ.
ޓިކެޓް ލިބުނު ބައެއް ބޭފުޅުން:
- ނ. ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
- ތ ގުރައިދޫ ދާއިރާއަށް މުހައްމަދު ގައްސާން މައުމޫން
- ތ. ތިމަރަފުށީ ދާއިރާއަށް އިބްރާހިމް ސަމާހު
- ގދ. ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ޒުހޫރު
- ފުވަމުލަކު ސިޓީ މެދުދާއިރާއަށް ހަސަން ހާލިދު
- އައްޑޫ ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
- އައްޑޫ ހިތަދޫ ދެކުނު ދާއިރާއާށް މުހައްމަދު ލަތީފް
- މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
- ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް
- ހެންވޭރު އުތުރު ދާއިރާއާށް ޑރ. މުހައްމަދު ޝައިނީ
- ހިންނަވަރު ދާއިރާއަށް ނާޒިމް އިބްރާހިމް
- މަތިވެރި ދާއިރާއަށް ލަޔާލް މަނިކް
- ބިލެތްދޫ ދާއިރާއަށް އަހުމަދު ޝަފީއު
- ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް
- ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު، ކާނަލް ނަޝީދު
- ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވީން ސަލީމް
ޕްރައިމަރީ އަކާއިނުލައި ވާދަކުރުމަށް މީގެ ކުރިންވެސް ޕީޕީއެމްއިން ވަނީ 24 ފަރާތަކަށް ޓިކެޓް ދީފައެވެ. އެ ފަހަރު ޓިކެޓް ދިނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ފިޔަވައި، ބާކީތިބި މެމްބަރުންނަށެވެ.