އުތުރު ކޮރެޔާގެ ސިއްރު މިސައިލް ސައިޓެއް ފަޅާއަރުވާލައިފިއެވެ. ސީއެންއެން އިން ހާމަ ކުރި ސެޓަލައިޓް ފޮޓޯތަކަކުން ފެންނަގޮތުގައި މި ސައިޓަކީ އުތުރު ކޮރެޔާއިން އަލަށް އުފައްދާފައިވާ ދުރު ރާސްތާ މިސައިލް ސައިޓެކެވެ. އަދި މާހިރުން ބުނާގޮތުގައި މިގޮތަށް އުތުރު ކޮރެޔާން ނިއުކްލިޔާ ބާރު ގަދަކުރުމަކީ މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންގް ބޭއްވި މަޝްވަރާތައް ނާކާމިޔާބު ވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ސީއެންއެން އިން ހާމަ ކުރި ފޮޓޯތަކުން ފެންނަގޮތުގައި އެ ސައިޓަކީ ދުރު ރާސްތާ ނިއުކްލިޔާ މިސައިލް ފޮނުވުމަށް ބޭނުން ކުރާ ސައިޓެކެވެ. އަދި ސައިޓުގެ އަޑީގައި ބިންގަރާސްތައް ހެދިފައިވާކަމަށާއި އެބިންގަރާސްތައް ބޭނުން ކުރަނީ މިސައިލް ރައްކާކުރުމަށް ކަމަށްވެސް ސީއެންއެންއިން ހާމަ ކުރިއެވެ.
އުތުރު ކޮރެޔާ ސިއްރުން ހިންގާ ނިއުކްލިޔާ މަޝްރޫއުތަށް ކާރިން ބަލަމުން އަންނަކަމަށާއި، އުތުރު ކޮރެޔާއާ ބެހޭ ސިއްރު މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.