މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފައްދުމަށް 3000 މީހުންގެ ސޮޔާއިއެކު އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅު އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމުން އެކޮމިޝަނުންް އެކަމަށްް ހުއްދަ ދެއްވާފައއިވަނީ ޤާނޫނީ ވަކީލު އަބުދުއްލޯ ހަސީނު އަށެވެ.
އެމްއެލްއެސްޑީޕީ ރަޖިސްޓްރީ ކުރުމަށް 3000 ފޯމު މިއަދު ހުށަހަޅާފައި ވާކަމަށް އީސީގެ ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ހާމަކުރައްވާފައި ވާއިރު، އަކުރަމް ވިދާޅުވީ މިހާރު ކުރިއަށްދަނީ އެ 3000 ފޯމުގެ ޞައްހަކަން ބެލުމުގެ މަސައްކަތް ކަމުގައެވެ.
އެމްއެލްއެސްޑީޕީ އިން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެޕާޓީގެ ފިކުރު ބިނާކުރާނީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ހަރަކާތްްތަކާއި ސޯޝަލްް ޑިމޮކްްރަސީގެ އުސޫލުތަކުގެ ތެރެއިން ކަމުގައެވެ. އަދި އެއުސޫލުތައް ކުރިއަރުވާނީ ރާއްޖޭގެ މުޖުތަމައު އާއި އިސްލާމީ އުސޫލު ތަކުގެ ތެރެއިން ކަމުގައިވެސް އެބަޔާނުގައި ވެއެވެ.