އިރާނުގައި ފުލުހުންގެ އިދާރާއަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއްދީފިއެވެ. އިރާނުގެ ސްޓޭޓް ޓީވިން އާންމުކުރި ހަބަރެއްގައި ބުނެފައިވަނީ މިއަދު އީރާނުގެ ޗައްބާރު ސިޓީގައި، ފުލުހުންގެ އިދާރާއަކަށް އަމާޒުކޮށް ދިން މިހަމަލާގައި 2 މީހަކު މަރުވެ އިތުރު ބައެއް ޒަހަމްވެފައިވާކަމަށެވެ.

އަދި އެ ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެ ހަމަލާ ދީފައިވަނީ ކާރެއްގައި ބޮންތަކެއް ހަރުކޮށްގެން އައިސް ފުލުހުންގެ އިދާރާއައް ދުއްވާފައި ވަންނަން މަސައްކަތް ކުރުމުން އެކަމަށް ފުލުހުން ހުރަސް އަޅާ ޑުރައިވަރު ގަޔަށް ބަޑި ޖެހުމުން ޑްރައިވަރު އަމިއްލައަށް ކާރުގައި ހަރުކޮށްފައި ހުރި ބޮންތަށް ގޮށްވާލައިގެން ކަމަށް އީރާނުގެ ސްޓޭޓް ޓީވީން ހަބަރު ދީފައިވެއެވެ.

މިހަމަލާ ދީފައިވަނީ ކޮންބައެއްކަން އަދި ހޯދިފައިނުވި ނަމަވެސް، އީރާނުގެ މީޑިއާއިން ތުހުމަތު ކުރަނީ ހަމަލާ ދިނީ، ހައްދުފަހަނަ އަޅާފައިވާ ސުންނީ ޖަމާއަތެއްކަމަށްވާ "އަންސާރ އަލް ފުރްގާން" ނަމަކަށްކިއާ ޖަމާއަތަކުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.