އެމް.ޕީ ކަޕް 2018 ގެ ފަސް ވަނަ މެޗުގައި ވަންދޫ އާއި ކަނޑޫދޫ ބައްދަލުކޮށް، 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަންދޫ ޓީމް މެޗް ކާމިޔާބު ކޮށްފިއެވެ. ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ހާފުގައި ވަންދޫ ޓީމުގެ 2 ލަނޑު ފެނިގެން ދިޔައެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 30 ވަނަ މިނެޓްގައެވެ. 2 ވަނަ ލަނޑު ފެނިގެންދިޔައީ 42 ވަނަ މިނެޓްގައެވެ. މި 2 ލަނޑުވެސް ވަންދޫ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެޓީމުގެ ޒުވާން ފޯވަރޑް ޖާޒީ ނަންބަރ 7 ހަސަން ޝަހީލް (ބައްޓޭ)އެވެ. މިމެޗުގައި މާއެދެވޭ ކުޅުމެއް ކަނޑޫދޫ ޓީމަށް ދެއްކިފައި ނުވާކަން ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފްގެ ކުޅުމުގެތެރެއިން ޖާޒީ ނަންބަރ 19 ޝިޔާޒް އިބްރާހިމް (ޝިޔަޅޭ) ޖަހައިދިން ލަނޑު ފެނިގެން ދިޔައީ މެޗުގެ 65 ވަނަ މިނެޓް ގައެވެ. 4 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމުމަކާއި ގާތްވެފައި ވަނިކޮށް 80 ވަނަ މިނެޓްގެ ތެރޭގައި ވަންދޫ ޓީމުގެ ޖާޒީ ނަންބަރ 9، އަލީ ނައުފަލްއެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަންދޫ ޓީމުގެ ޖާޒީ ނަންބަރ 5 ސިރުހާން އަހްމަދު (ސިރޭ)އެވެ.

މިމުބާރާތުގެ 6 ވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ ކިނބިދޫ އާއި އޮމަދޫއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.