ރައިސް އޮފީހަށް ފަސްވަނަ މިނިސްޓަރަކު އައްޔަން ކުރައްވައިފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް މާފަންނު ފީރޯޒްވިލާ އަޙްމަދު ސަމީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައިސް އޮފީހުގެ ފަސްވަނަ މިނިސްޓަރު، އަޙްމަދު ސަމީރު މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް މިއަދު އަޙްމަދު ސަމީރު އައްޔަން ކުރައްވާފައިވާއިރު އެ އޮފީހުގެ ދެންތިބި މިނިސްޓަރުންނަކީ ކުރީގެ ފޮރިން މިނިސްޓަރު މުހައްމަދު ނަސީމްއާއި، އަލީ ޝިޔާމާއި އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ. އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރަށްވެސް ވަނީ މިނިސްޓަރ ފެންވަރުގައި އެ މަގާމު ދެއްވައިފައެވެ.