މިމަހު 10 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އ.އ އުކުޅަހަށް ވަޑައިގަންނަވާނެ ކަމުގެ ހަބަރު ޖަޒީރާ ނިއުސްއަށް ލިބިއްޖެއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އުކުޅަހުން ލިބިފައިވަނީ 122 ވޯޓެވެ. ރައީސް ޞޯލިހަށް ލިބިފައިވަނީ 426 ވޯޓެވެ. ތަފާތު ބޯޑު ނަތީޖާއަކުން ކޯލިޝަން ހެއްވާލަދިން އުކުޅަހުގައި އަންނަ އަހަރު ބިން ހިއްކުމުގެ މަޝްރޫއު ބަޖެޓް ކުރެވިފައި ވާއިރު ޖޫނިއަރ ކޮލެޖް ކެމްޕަސްއެއް އަންނަ އަހަރު އަޅަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މުހައްމަދު ސޯލިހް އެންމެފަހުން އުކުޅަހަށް ވަޑައިގެންނެވީ އިންތިހާބުގެ ޓިކެޓް ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އިންތިހާބީ ކެމްޕެއިންގައި ރައީސް މުހައްމަދު ސޯލިހު އުކުޅަހަށް ޒިޔާރަތް ކޮށްފައެއް ނުވެއެވެ. ރައީސް ޞޯލިހައް މަރުހަބާ ކިޔުމަށް މުޅި އުކުޅަސް ދަނީ ތައްޔާރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.