ސަޔާސީ ޕާޓީއެއްގެ ސާބިތު ދަރަންޏެއް އޮވެ އެދަރަނި އަދާކުރަމުން ނުދާނަމަ ދައުލަތުން ޕާޓީތަކަށް ދޫކުރާ ފައިސާއިން އެބައި އުނިކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު މުހައްމަދު އާމިރުއެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުން އާމިރު ވިދާޅުވީ، ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމާއި ހައްްގުތައްް ރައްކާތެރިކުރުމުގެ ސިފަތަކަކީ ސިޔާސީ ޕާޓީގެ ޤާނޫނުގެ ތެރެއިން ކޮންމެހެންވެސް އޮންނަންޖެހޭ ސިފަތަކަކަށްް ވާތީކަމުގައެވެ.

އާމިރުގެ މިއިސްލާހުގައި ބުނެފައި ވާގޮތުން ޕާޓީގެ އެއްވެސް ކަމެއްގައި ޖިނާއީ އަދި މާލީ ގޮތުންވެސް އެއްވެސް ޒިންމާއެށް އުފުލާން ޖެހިއްޖެނަމަ، އެ ޒިންމާއެއް އުފުއްލަވަން ޖެހޭނީ އެ އަމަލެއް ކުރެވުނުއިރު ޕާޓީ ހިންގަވަން ހުންްނެވި  ފަރާތަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.