ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން މިނިސްޓަރީ އޮފް އެޓޯލްގަ ގިނަ ވަޒީފާތަކެއް އަދާކުރަމަށްފަހު ހުސައިން މަނިކު މިވަނީ މަޖިލީސް އޭނާގެ އުފަން ރަށް ނިސްބަތްވާ ދާއިރާއަށް ގިނަ ވައުދުތަކެއްވެ، އެއްވެސް ވައުދެއް ނުފުއްދާ މި ނިމެމުން ދާ މަޖިލީސްގެ މެންބަރުކަން ކުރަމުންނެވެ. ހުސައިން މަނިކު ޕީޕީއެމު ސަރުކާރެއްގަ ކުރިމަތި ލައިގެން ހޮވި އެއްވެސް ކަމެއް ދާއިރާއަށް ނުކޮށްދެވި އޮތުމަކީ ދާއިރާގެ ގިނަ ރައްޔިތުންގެ ސަކުވާއަކަށް އިންތިހާއަށް ބޮޑުވެފައިވާ ކަމެކެވެ.

ރަޢީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ޖަމީލް އާ ގާތް ގުޅުމެއް އޮތް ހުސައިންމަނިކު ޖަމީލް ނައިބު ކަމުން ވަކި ކުރި ހިސާބުން ސަރުކާރު ތެރޭގައި ބާރެއް ނެތް މީހަކަށް ވީ ކަމަށް ގިނަ ބަޔަކު ކިޔާކަމަށް ތުންތުން މަތިން އަޑު އިވިފައި ވެއެވެ. އެކަމަކު މިކަމަކީ ސީދާ ހުސެއިން މަނިކުގެ ބާރު ދިޔަކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ނައިބު ރައީސް އަދީބު އައުމާއެކު ހުސެން މަނިކު ވަނީ ތ. ގުރައިދޫ ކައިރިން ބިޑަކާ ނުލާ ޓޫރިސްޓު ރިސޯޓެއް ހެދުމަށް ފަޅު ރަށެއް ނަގާފައެވެ. ފަޅުރަށް ނަގާ ބޭރުގެ ބަޔަކާ ހަވާލުކޮށް ހަދަން ފެށިއެވެ.

މަޖިލީސް ތެރޭގަ އެއްވެސް ބަހުސެއްގައި ހުސައިން މަނިކު ދާއިރާގެ އަޑު އުފުލިކަމެއް އިގޭ މީހަކުވެސް ނެތީއެވެ. މަޖިލީސް ތެރޭގަ ހަމަ އެކަނި ހުންނަ މެންބަރެއްގެ ގޮތުގަ ފާހަގަ ކުރެވޭ ހުސައިންމަނިކަކީ އަމިއްލަ ވިޔަފާރި އެތަށް ގޮތަކަށް ހިންގަމުންދާ މިހެކެވެ. ދާއިރާގަ ހިމެނޭ 3 ރަށުގެ ތެރޭން ގުރައިދޫ ، ދިޔަމިގިލި ، ގާދިއްފުށި އަށް އަށް ކަމެއް ކޮށްދިފައި ނުވާއިރު ކަމެއް ކުރުމުގެ ވިސްނުމެއްވެސް ޕުލޭން އެއްވެސް ހުސައިން މަނިކު ކޮށްފައި ވާހެނެއް ހީ ނުވެއެވެ.

ތ.ގުރައިދޫއަކީ ޕީޕީއެމު އަދި ރައީސް މައުމޫންއަސް ފެށުނީއްސުރެ ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ގިނަ ބައެއްގެ ފިކުރަކީ އެމް.ޑީ.ޕީ ނޫން ފިކުރެވެ. މި ކަމުގެ ނިވާފަތްގަނޑަކަށްވެ ހުސައިންމަނިކު މަޖިލީހަށް ހޮވި ، އުފަން ރަށުގެ ހާލަތާ މެދުވެސް ވާހަކައެއް އަނގައިން ބުނެވިފައި، ނެތް ކަމީ ހުސައިން މަނިކުގެ ތާއީދު ރަށުން އަދި ދާއިރާއިން ފަޑުވިކަމެކެވެ، ނަތީޖާއެއްގެ ގޮތުން ލޯކަލް ކައުނސިލްގެ ތ ގުރައިދޫ ދާއިރާ އަތޮޅު ކައުންސިލް ގޮޑި ޕީޕީއެމު އިން ނެރުނު ކެންޑިޑޭޑަށް ކާމިޔާބުވީ ވަރަށް ކުޑަ ތަފާތަކުންނެވެ. ގުރައިދޫގެ ޖެޓީވެއްޓި ރަށުގެ ރައްޔިތުންނަށް ނުހަނު އުނދަގޫވެ ދުއްތުރާޖެހުނީ ކުޑަކޮށެއް ނޫނެވެ. އެކަމުގެ ސަބަބުން އެތަށް ގުނަ އުދަގުލެއް ރައްޔިތުން ތަހަންމަލްކުރަމުން ދިޔައެވެ.

ހަމަ އެފަދައިން ތ. ދިޔަމިގިލީގެ ކަންކަންވެސް ދިޔައީ އެ ރަށުގެ ރައްޔިތުން ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމުގައި ވެއެވެ. ރަށަށް އަރާލުމަށް ހުސައިން މަނިކަށް ވަނީ ބޮޑުކަމަކަށް ވެފައެވެ. ހަމަ އެގޮތަށް ދާއިރާގެ ގަދިއްފުށީ ރައްޔިތުންގެ ސަކުވާތަށް އަޑު ނޭހުމުގެ އިތުރުން 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު 3 ފަހަރު އެއިން ރަށަކަށް ހުސައިންމަނިކަށް އެރިފައި ނެތްކަމީ ދާއިރާގެ ރައޔިތުން އެކަމާ ނުރުހޭ ކަމަކަށް ވަނީ ވެފައެވެ. ގުރައިދޫ ދާއިރާއިން އާ މޫނެއް ފެނުމަށް އެދޭ ރައްޔިތުން ދަނީ އިންތިހާއަށް ގިނަވަމުންނެވެ.

ގުރައިދޫ ދާއިރާގެ ގިނަ ބަޔަކު އެމް.ޑީ.ޕީއަށް ސޮއިކުރަމުންދާ މި ދަނޑިވަޅުގައި ، ގުރައިދޫ ދާއިރާއިން ނެރޭ އެމް.ޑީ.ޕީ ކެންޑިޑޭޓެއް ނުހޮވޭނެއެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ނިމެމުން މިދަނީ ގުރައިދޫ ދާއިރާގެ ރައްޔިތުން ނިކަމެތި ކުރި 5 އަހަރުކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ހުސައިން މަނިކު ނޫން މީހަކު، ހުސައިން މަނިކު ނޫން ގޮތެއް ހޯދުމަށް ސޯސަލް މީޑިޔާގަ އަޑު ވަނީ ގަދަވެފައެވެ.

ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވުމަށްފަހު ޕީޕީއެމްގެ ގިނަ މަޖިލީސް މެންބަރުންތަކެއްދަނީ ޖުމުހޫރީ ޕާޓީއާ ގުޅެމުންނެވެ. ދާދި ފަހުން ހުސައިން މަނިކު ވެސް ވަނީ ޖުމުހޫޜީ ޕާޓީއާ ގުޅިފައެވެ. ދާއިރާގެ ރައްޔިތުން ބުނާ ގޮތުން ކޯލީޝަން ޓިކެޓު ހޯދުމަށްޓަކައި ހުސައިންމަނިކު ޖުމުހޫރީ ޕާޓީޢާ ގުޅުނީއެވެ. ކޮންމެ އަކަސް އެމްޑީޕީއިން ވަކިން ދާއިރާތަކަށް މެންބަރުން ނެރެން ނިންމި ކަމީ ގުރައިދޫ ދާއިރާ ހުސެން މަނިކު ކިބައިން ސަލާމަތް ކުރެވޭނެ އެންމެ މޮޅުގޮތްކަމުގައި ނޫނީ ނުވާނެކަން ޔަގީނެވެ. މިފަހަކަށް އައިސް ޖުމުހޫރީ ޕާޓީ އިން ދަނީ ރައީސް ޔާމީން ސަރުކާރުގެ ކޮރަޕްޓު ގިނަ ބަޔަކު އެ ޕާޓީއަށް ވައްދަމުންނެވެ.

ގުރައިދޫ ދާއިރާއަށް އެހެން ގޮތެއް ހޯދުން މިވަނީ އެ ދާއިރާގެ ކޮންމެ ރައްޔިތެއްގެ ބޮލުގަ އެޅިފައިވަ ބޮޑު ޒިންމާއަކަށް ވެފައެވެ. 

0
0
0
0
0

ކޮމެންޓް

Your email address will not be published.