ދުނިޔޭގެ އެންމެ ބޮޑު ވޯޓާރ ޕާރކޭ ބުނުމުން އެތަނަކީ ޖަރުމަނުގައި ހުންނަ ތަނެއްކަން ކުޑަކޮށްވެސް ސިފަނުކުރެވޭނެއެވެ. އެހެންނަމަވެސް، ޖަރުމަނުގެ އަވަށެއް ކަމަށްވާ ބާރލިން ގެ ދެކުނުން 30 މޭލު ދުރުގައި މި ވޯޓާރ ޕާރކް ހަދާފައިވަނީ ފިނި މޫސުމުގައި ގަނޑުކޮށްފައި އޮތް ކުރީގެ އެއާރ ޝިޕެއްގެ ތެރޭގައެވެ. "ޓްރޮޕިކަލް އައިލެނޑްސް އެންޑް ރިސޯޓް" ނަމަކަށް ކިޔާ މި އިންޑޯރ ވޯޓާރ ޕާރކް ވެފައިވަނީ ގިނަބައެއް ޗުއްޓީ ހޭދަކޮއްލުމަށްދާ ހިތްގައިމު މަންޒިލަކަށްވެފައެވެ.
ރިސޯޓެއްގޮތަށް ފަރުމާކުރެވިފައިވާ މިޕާކުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 69،6960 އަކަފޫޓު ހުރެއެވެ.42 ޕައުންޑަށް، ދުވަހުގެ ވަގުތު ހޭދަކޮށްލެވޭ އަދި ރޭކުރުމަށް ހޮޓެލް ރޫމެއް ބުކް ކުރާނަމަ 120 ޕައުންޑުގެ އަގެއް ހުންނަ މިޕާރކުގައި އެންމެ ގިނަވެގެން 6000 މީހުންނަށް އެއްފަހަރާ ތިބެވޭނެ ކަމަށްވެއެވެ. އަދި ރޭކުރުމަށް ހޮޓެލް ރޫމެއް ބުކް ކުރާނަމަ ޕާރކުގައި ކުޅިވަރު ކުޅެ، މަޖާ ކުރެވެނީ ހަމަ އެކަނި ކުޑަ ކުދިންނަކަށް އެކަންޏެއްނޫނެވެ. ހުރިހާ އުމުރުފުރާ އަކަށް ބޭނުން ކުރެވޭނޭ ގޮތަށް ފަރުމާކުރެވިފައިވާ މިޕާކުގައި އެތައް ބައިވަރު ވޯޓރ ސްލައިޑްތަކެއް ހުރެއެވެ. އެހެންކަމުން، ބެލެނެވެރިންވެސް ފޫހި ވެގެން އުޅޭކަށް ނުޖެހޭނެއެވެ.
އާމުގޮތެއްގައި ހަދާފައި ހުންނަ ވޯޓަރ ޕާރކުތުން ފާހަގަވެގެން ދަނީ ހަމައެކަނި އާއިލާ އާއިއެކު މަޖާކޮށްލާ ސަކަރާތް ޖަހާލެވޭ ކަހަލަ ތަނެއްގެ ގޮތުގައެވެ. އެއާއިހިލާފަށް ދުނިޔޭގެ އެންމެ ބޮޑު ވޯޓާރ ޕާރކުގައި ބޮޑެތިމީހުންނަށް އެކަނި ވަގުތު ހޭދަކުރެވޭނެ ވަސީލަތްތަށްވެސް ލިބެން ހުރެއެވެ. އޭގެތެރޭގައި ސޯނާ އަދި "ބާލީ" ގައި ހުންނަ ފަދަ ބަލާލަން ފަސޭހަ ، ހިތަށްފަސޭހަ ސްވިމިންގް ޕޫލެއްވެސް ހިމެނެއެވެ. އަދި ސްވިމިންގް ޕޫލްގެ މަތީގައި ގެސްޓުންނަށް އިރުގެ ހޫނުކަން ފޯރާނެ ގޮތަށް ވަނީ ބިއްލޫރިން ހިޔާ ކުރެވިފައެވެ.
މިޕާކުންދޭ އެހެން ހިދުމަތްތަކުގެތެރޭގައ ފުލް ސާރވިސް ސްޕާއެއްވެސް ހިމެނެއެވެ. އެންމެދުވަހެއް މިސްޕާގައި ހޭދަކޮށްލަން އަންނަ މީހުންނާ ހިލާފަށް މުޅި ޗުއްޓީ އެއްކޮށް ހޭދަކުރާ މީހުންވެސް މަދެއް ނޫނެވެ. ކުއްޔަށް ކޮޓަރިއެއް ހިފާ ރޭގަނޑު ރިސޯޓުގައި ހޭދަކުރަން ބޭނުންވާ މީހުންނަށް މިކަންވެސް ފަސޭހަކަމާއި އެކު ވެގެން ދެއެވެ.
މިއީ ހަޔާތުގައި އެއްފަހަރު ނަމަވެސް ގޮސްލަން ވަރަށް ހިތްގައިމުތަނެކެވެ. ތަފާތު ތަޖުރިބާއެއް ކުރެވިގެންދާނެއެވެ.