ތަހުޒީބުވަމުން މިދާ ދުނިޔޭގައި މުއާސަލާތީ ހިދުމަތްތައް މިއަދު މިވަނީ އަސާސީ ބޭނުމަކަށް ވެފައެވެ. ހާއްސަކޮށް މޮބައިލް ފޯނާއި، އިންޓަރނެޓް ޚިދުމަތަކީ އާއްމުކޮށް އެންމެންވެސް ބޭނުންކުރަމުންދާ ޚިދުމަތެކެވެ.

ހަތަރު ލައްކަ މީހުންގެ އާބާދީ އަކަށް މުއާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި އޮތްއިރު، ޚިދުމަތްތަކުގެ އަގުތަކަކީ އާދައިގެ މީހަކަށް ކައިރިވާން ކެރޭނެ އަގުތަކެއް ނޫނެވެ. އާއްމު ދިވެހިންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އިންްޓަރނެޓް ޚަރަދަށް މަހެއްގެ މައްޗަށް 700 ވަރަކަށް ރުފިޔާ ޚަރަދުކުރުމަކީ ދަތި ކަމެއްގެ ގޮތުގައި އޮތްއިރު، މިއަށްވުރެ އިތުރަށް ޚަރަދު ކުރަންޖެހޭ ފަހަރުތައްވެސް އަންނަނީ މަދެއްކޮށެއް ނޫނެވެ.

އަވައްޓެރި ގައުމުތަކާއި ތަހުޒީބު ވެފައިވާ އެހެން ގައުމުތަކުގެ އަގުތަކަށްވުރެ ރާއްޖޭގެ އަގުތައް އުޅެނީ އެތައް ގުނައެއް މަތީގައެވެ. އެގޮތުން މިސާލަކަށް އަވައްޓެރި އިންޑިއާގައި މޯބައިލް ޑޭޓާގެ އަގުތަކަށް ބަލައިލަމާ ހިނގާށެވެ. އިންޑިއާގައި ޑޭޓާ ލިބޭ އެވަރެޖް ރޭޓަކީ، ޖީބީއަކަށް 23 ރުޕީސްގެ ރޭޓުންނެވެ. އެއީ 0.33 ޑޮލަރެވެ. އަވައްޓެރި ސްރީލަންކާގައިވެސް އަގުތަށް ވަރަށް ކުޑައެވެ. ލަންކާގައި 119 ލަންކާ ރުޕީސްއަށް 1.65 ޖީބީ ޑޭޓާ ލިބޭއިރު އެއީ އެންމެ 0.66 ޑޮލަރެވެ. ނަމަވެސް ރާއްޖޭގެ އަގުތަށް ހުރީ އަތް ނުފޯރާ ފަށުގައެވެ. ރާއްޖޭގައި 1.25 ޖީބީގެ ޑޭޓާ 160 ރުފިޔާއަށް ވިއްކާއިރު އެއީ 10.36 ޑޮލަރެވެ. ރާއްޖޭގެ %90 މީހުންނަކީ އިންޓަރނެޓް ބޭނުންކުރާ ބަޔަކަށް ވާއިރު އަގުތަށް މިހުރީ އަވައްޓެރި ގައުމުތަކާ ބަލާފައި ދިހަ ގުނަ މަތީގައެވެ. މިއީ ވަރަށްވެސް ބޮޑު އަދަދެކެވެ.   

މިކަމަށް އަވަސް ހައްލެއް ގެނެސްދީ، އަގުތައް އަތްފޯރާ ފަށަށް ތިރިވެގެން ދިއުމަކީ އެންމެންވެސް ކުރާ އުންމީދެކެވެ. ހާއްސަކޮށް ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.