ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އަދި ސަންލޭންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ކަަމަށްވާ ހުސެއިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފި އެވެ. އޭނާ ބަންދުކުރި މައްސަލަ އާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވިނަމަވެސް، ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައެއްގައި ކަމަށް އެނގިފައިވެއެވެ. މިވަގުތު އޭނާ ބަންދުކޮށްފައި ހުރީ އަތޮޅުވެހީގައި ކަމަށް މައުލޫމާތު ލިބިފައިވާއިރު، މީގެ އިތުރުން އޭނާގެ މައްޗަށް ފެބްރުއަރީ 2017 ގައި ވަނީ ހުކުމެއް ކޮއްފައެވެ. 

2017 ވަނަ އަހަރު ހުސެއިން ހިލްމީގެ މައްޗަށް ހުކުމް ކޮއްފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭ ކަމަށް އޭނާ ކޯޓުގައި އެއްބަސްވެފައިވުމުންނެެވެ. އަދި އޭނާ އާއި ނާޒިމް ގެ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، މަހުން މަހަށް ދަރަނީގެ ގޮތުގައިވާ ފައިސާ ދެއްކުމަށް އެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ހުކުމާއި އެއްގޮތަށް ދެވިފައިވާ މުއްދަތާއި ހަމައަށް އޭނާ ފައިސާ ދައްކާފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. 

 

   

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.