ހުއާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ހުއާވޭ މޭޓު އަދި މޭޓު 20 ޕްރޯގެ ފޯނުތަކަށް ޕްރީ އޯޑަރ ކުރުމުގެ ފުރުޞަތު ދިރާގުން ހުޅުވާލައިފިއެވެ.

އޮންލައިންކޮށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދާދި ދެންމެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެއް ފަހަރާ ފައިސާ ދައްކަވާނަމަ، ހުއާވޭ މޭޓް 20، 128 ޖީބީގެ ފޯނުގެ އަގަކީ 10،999 ރުފިޔާއެވެ. އަދި ހުއާވޭ މޭޓް 20 ޕްރޯގެ ފޯނު 128 ޖީބީގެ ފޯނުގެ އަގަކީ 15،999 ރުފިޔާއެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ އިންސްޓޯލްމަންޓަށް އޯޑަރު ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުއާވޭ މޭޓް 20 ގެ 128 ޖީބީ ފޯނެއް ނަންގަވާނަމަ، ފުރަތަމަ 2،999 ރުފިޔާ ދެއްކެވުމަށްފަހު އެއް އަހަރުވަންދެން ފޯނުބިލާއެކު މަހަކު 988 ރުފިޔާ ދެއްކެވޭނެއެވެ. އަދި ހުއާވޭ މޭޓް 20 ޕްރޯ ގެ ފޯނެއް ނަންގަވާނަމަ، ފުރަތަމަ 2،999 ރުފިޔާ ދެއްކެވުމަށްފަހު އެއް އަހަރު ވަންދެން ފޯނުބިލާއެކު މަހަކު 1،148 ރުފިޔާ ދެއްކުމުގެ އިންތިޒާމްވަނީ ހަމަ ޖައްސަވާފައެވެ.

ދިރާގުން ޕްރީ އޯޑަރު ކުރުމަށް ފުރުޞަތު ހުޅުވާލާފައިވަނީ، ހުއާވޭ މޭޓް 20 ގެ މިޑްނައިޓް ބުލޫ އާއި ބުލެކް ގެ 128 ޖީބީގެ ފޯނެވެ. އަދި ހުއާވޭ މޭޓް 20 ޕްރޯގެ ބުލެކް، ޓްވިލައިޓް އަދި އެމެރަލްޑް ކުލަތަކުގެ 128 ޖީބީގެ ފޯނެވެ.

އެންމެ
ފުޅާ ދާއިރާއެއްގައި އެންމެފަހުގެ ފޯނުތައް ވިއްކާ ދިރާގުން ބައްލަވައިގަންނަ
ހުއާވޭ މޭޓް 20 ގެ ކޮންމެ ފޯނަކާއެކު ސްމާޓް ފްލިޕް ކަވަރެއް އަދި ހުއާވޭ މޭޓް 20
ޕްރޯގެ ކޮންމެ ފޯނަކާއެކު ސްމާރޓް ފްލިޕް ކަވަރަކާއި ވަޔަލެސް ޗާޖަރެއް ދޭނެއެވެ.
އަދި 6 މަސް ވަންދެން ކޮންމެ މަހަކު 5 ޖީބީ ޑޭޓާވެސް ލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.