އެމް.ޕީ ކަޕް 2018 ގެ 4 ވަނަ މެޗުގައި ހިރިލަންދޫ އާއި ކިނބިދޫ ބައްދަލުކުރި މެޗް 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. މި 2 ޓީމަކީ 2017 ވަނަ އަހަރު މި މުބާރާތުގެ ފައިނަލްގައިވެސް ބައްދަލު ކުރި 2 ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ހާފްގެ 2 ވަނަ މިނެޓްގައި ހިރިލަންދޫ ޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައެވެ.

އަދި ހިރިލަންދޫ ޓީމުގެ 2 ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 25 ވަނަ މިނެޓް ތެރޭގައެވެ. މި 2 ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 11 މޫސައެވެ. ކިނބިދޫ ޓީމުން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރާ 2 ގޯލު ޖަހައިގެންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓްގައި ކިނބިދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ކިނބިދޫ ޓީމުގެ ޖާޒީނަންބަރ 21 އަބްދުލް އަލީމް (އައްދު)އެވެ. ކިނބިދޫ ޓީމުގެ 2 ވަނަ ލަނޑު ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްދިނީ 59 ވަނަ މިނެޓްގައި ކިނބިދޫ ޓީމްގެ ޖާޒީ ނަންބަރ 10 ފަރުހާން (ފަރޭ) ޖަހައިދިން ލަނޑުންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫ ޓީމުގެ ޖާޒީ ނަންބަރ 23 މުއީދުއެވެ.

މިމުބާރާތުގެ 5 ވަނަ މެޗްގައި މާދަމާ ބައްދަލުކުރާނީ ވަންދޫ އާއި ކަނޑޫދޫއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.