މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި މާލެގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިގެން ރިޕޯޓުކޮށްފައިވާ 160 އާއިލާއަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް "ޓީވީއެމް" އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެއްޖެއެވެ.
އަދި މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަދު މާލެއަށް ބޯކޮށް ވާރޭ ވަހުމާއި ގުޅިގެން، މާލޭގެ ގިނަ ރައްޔިތުންނަށް ދިވާމި އުނދަގުލަށްޓަކައި ހިތާމަ ކުރައްވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކަށް ރައިސް ވަނީ ހަމްދަރުދީ ފޯރުކޮށްދީފައެވެ.
އަދި މި ހާދިސާއާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް، ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތިތަކާއި ލިބިނު ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް، ސަރުކާރާ އެކު ރައްޔިތުންނާއި އެކި ޖަމާއަތްތަކުން ގުޅިގެން ކުރަމުންގެންދާ މަސައްކަތަށް ޝުކުރުދަންނަވާ ކަމުގައެވެ.