ހުއްޓާލުމެއްނެތި މިއަދު މެންދުރު 12 ޖަހާކަށްހާއިރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑުވެފައިވާ ފެންގަންޑުގައި ކަރަންޓުގެ އަސަރު ހުރިކަމަށް މީހުން ރިޕޯޓުކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

އަދި އެ މައްސަލަތަށް ފުލުހުން ބަލަމުންދާކަމަށާއި މަގު މަތީގައި ބޮޑުވެފައިވާ ފެންގަންޑުގައި ހިނގައިބިނގައިވެ އުޅޭއިރު ސަމާލުވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ ކަމެއް ފާހަގަ ވެއްޖެނަމަ ލަސްނުކޮށް ސްޓެލްކޯގެ ހޮޓްލައިން 104 އަކަށް ރިޕޯޓް ކުރެއްވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.