މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، މާލޭގައި ފެން ބޮޑުވެއްޖެއެވެ. މިގޮތުން ގޭގެއަށް ފެންވަދެ އެކިވަރުގެ ގެއްލުންތަށް ވަމުންދާކަމަށް "ޖަޒީރާ ނިއުސް"އަށް ހަބަރު ލިބެއެވެ. ބައެއް ގޭގެއާއި ބިލްޑިންގުތަކާއި، ފިހާރަތަކުގައި ފެންބޮޑުވެފައިވެ އާންމުންގެ މުދަލަށް ގެއްލުންވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އާންމު ރައްޔިތުންނާއި އެމްއެންޑީއެފް ގުޅިގެން ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.
މެންދުރު 12 ޖަހާކަށްހާއިރުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވަރަށް ގިނަ މަގުތަކެށްގައި ވަނީ ފެންބޮޑުވެފައެވެ. މިގޮތުން ފެންބޮޑުވެފައިވަނީ އިސްކަންދަރު މަގާއި، އަމީނީމަގާއި، އަދި މަޖީދީ މަގުގައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނުމަގުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. އަދި އިތުރު މަގުތަކުގައިވެސް ފެންބޮޑުވެފައިވާކަމަށާއި ހުޅުލޭ އެއާޕޯޓުގައިވެސް ފެންބޮޑުވެފައިވާކަމުގެ މައުލޫމާތު ލިބެއެވެ.
ހިނގައިބިނގައިވެ އުޅުމަށް ދަތިވާ ހިސާބަށް ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ބުނީ، ފެން ހިންދުމުގެ މަސަައްކަތް ކެނޑިނޭޅި ކުރަމުން އަންނަ ކަމަށެވެ.
ރައީސް ޔާމިންގެ ވެރުކަމުގައި ހައުސިންގް މިނިސްޓްރީއިން ހެދި އޮޓޮމެޓިކް ޑްރެއިނިންގް ސީސްޓަމް (މަގުތަކުން ފެން ހިންދާ ނިޒާމް) ހަލާކުވެފައިވާތީ މަގުތަކުގައި ފެންބޮޑުވުމުން، ފެން ހިންދަން މިހާރު ނިކުންނަން ޖެހެނީ އެމްއެންޑީއެފް އިންނެވެ.