ކޮމަންވެލްތާ ރާއްޖެ އަލުން ބައިވެރިވުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު މަޖިލީހުގައި ބޭއްވި ޖަލަސާގައި ކޮމަންވެލްތާ އަލުން ގުޅުމަށް ފާސްކުރީ ވޯޓްގައި ބައިވެރިވި 62 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ކޮމަންވެލްތާ ގުޅެން ހިމެނެ އެވެ.