އެތައް ފަހަރެއްގެ މަތިން ދެފުށަށް ކެނޑި އެގޮތްމިގޮތް ވެފައި ތިބި ސިޔާސީ އިސްވެރިން މަތީ ފަޑިން ފައިބާ އިލްމީ ގާބިލް ދޫ ހެލޭ ޒުވާނުންނަށް ފުރުސަތު ނުދޭން އުޅެނީ ކީއްވެބާއެވެ. ދާއިރާގެ އުންމީދު ތަކުގައި އުންމީދުގެ ކުލަ ޖައްސަން މާއެދެވޭ މަސައްކަތްތަކެއް ނުކުރިކަމުގައި ވީނަމަވެސް، ފެންނަމުންދާ ހަގީގަތަކީ "ހަކުރުދެންޏާ ބޮޑުބޭބެ" ވާ އުސޫލުން ކަންހިނގަމުން އަންނަތަން ފެންނަމުން ދިޔުމެވެ. ވޯޓާއި ހިސާބުން ދާއިރާގެ ރަށްތަކަށް ވަޑައިގަންނަވާ، ސަލާން ޖައްސަވަނީ ރައްޔިތުމީހާގެ ލޮލުގައި އަނދުން އަޅުވާ ހާލުގައި ނޫންތޯއެވެ. ނުވިތާކަށް ފަޅުގެތަކަށް ވަދެ ސަލާން ގޮވައި ހަދަނީވެސް މަދަކުންނޫނެވެ. ބުރަކަށީގައި ފިރުމާލައި ހަދަނީ ތިޔަބޭފުޅުން ރައްޔިތުންދެކެވާ ލޯބިންތޯއެވެ.

5 އަހަރުގެ ދައުރެއް ހަމަވެގެންދާއިރު ދާއިރާގެ ރަށްތަކަށް ޒިޔާރަތްކޮށް، އުންމީދު ތަކަކާއި އެކު ވޯޓު އަޅައިދިން ނިކަމެތި ރައްޔިތުމީހާ ހުރީ ކައިގެންތޯ ބަލައިލީ ތީގެތެރެއިން ކިތައް އިއްޒަތެރި މަޖިލިސް މެންބަރުންތޯއެވެ. މިސުވާލުގެ ޖަވާބު ހަމަ އެންމެ ރަނގަޅުވާނީ ތިޔަ އިއްޒަތްތެރި މެންބަރު އަމިއްލަ ނަފްސާ ކުރެއްވުމެވެ. ތިޔަ އިއްޒަތްތެރިން އިއްޒަތްތެރި ކޮށްދިނީ ނިކަމެތި ރައްޔިތުމީހާކަން ހަނދާން ނެތުމަކީ ހަގީގަތުގައިވެސް ބޮޑު ގޯހެކެވެ. ކުއްޅަވައްފަލު ރަނިންނެކޭ މިހާރަކު ތިޔަ އިއްޒަތްތެރިންނެކޭ އެއްވެސް ތަފާތެއްނެތެވެ.

މިސްކިތު ހޯނެއްގެ ބަނޑުހެން ތިޔަ އިއްޒަތްތެރީންގެ ފަސްބައި ކަޝްފުވެ ފަލީހަތްވީ އިއްޔެއަކު މިއަދަކު ނޫނެވެ. ޒިންމާދާރުކަން ކުޑަ މަޖިލިސް މެންބަރުން ސިޔާސީ މޭޒުތައް ދަށުން ދުރަށްޖެހިލަން ވެއްޖެނޫންތޯއެވެ. ތިމާއަށް މޮޅުގޮތަކަށް އެއިރެއްގައި "ފިޔަލަ ބޮލަށް އޮޑިދުއްވާ" އުސޫލުން ތިޔަ އެނބުރިލައްވަނީ ވަހުތާނުގެ ލަގަބުވެސް ހޯއްދަވަންތޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.