އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފަށައިގެން އ. އަތޮޅުގެ ރައްތަކަކަމަށް މީޓެރޮލޮޖީ ސެންޓަރުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް މީޓެރޮލޮޖީ ސެންޓަރުން މައުލޫމާތު ދެއެވެ.
މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ.