ތަހުގީގަށް ފޯނު ނުދެއްވި މައްސަލައިގައި ކުރީގެ ފަނޑިޔާރު އަލީ ހަމީދު މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
މިމައްސަލައިގާ ކްރިމިނަލް ކޯޓުން ވަނީ އަލީ ހަމީދު މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ދައުލަތުން އަލީ ހަމީދުގެ މައްޗަށް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
މީގެ ކުރިންވަނީ އަލީ ޙަމީދާއި ގުޅޭގޮތުން ބެންކޮކްގައި އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުހިންގި ކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ.
މިކަމާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ތަހުގީގަކާއި ހަމައަށް ނުގޮސް އެކަންވަނީ ނިމިފައެވެ. ނަމަވެސް އޭގެފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ފަނޑިޔާރު އަލީ ހަމީދުވަނީ ރައީސް ޔާމީން އާއި ދެކޮޅަށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އުމުރެއް ނެރުނު މައްސަލައިގައި ހައްޔަރު ކޮށްފައެވެ.