މިއަދު ހެނދުނު ޕެސިފިކް ކަނޑުގެ ދެކުނުގައި އޮންނަ "ނިއު ކެލިޑޯނިޔާއަށް" އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ބޮޑު ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ސުނާމީ ވޯޗް އިން ދީފިއެވެ.

ރެކްޓަރ މިންގަނޑުން 7.6 ގެ ބާރު މިނުގައި އައި މިބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު (6 މޭލު) އަޑިއަށެވެ. އަދި މިއީ އާންމު ކޮށް އަންނަ ބިންހެލުންތަކަށް ވުރެ ނުރައްކާވެދާނެ ބިންހެމެއް ކަމަށްވެސް މާހިރުން ބުނެއެވެ. ސަބަބަކީ ބިންހެލުން އައިސްފައިވަނި ވަރަށް ތިލަ ހިސާބަކަށްވާތީ، މި ލޮޅުމުގެ ސަބަބުން ބޮޑު ސުނާމީތަކެއް އުފެދިދާނެތީވެއެވެ.

ސުނާމީގެ އަރާފާނެކަމުގެ އިންޒާރު ދީފައިވަނީ ބިންހެލުން އައި ހިސާބާ 1000 ކިލޯމީޓަރ ގެ ދުރުމިނުގައި ހުރި ސަރަަހައްދުތަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.