ސިވިލްސާވިސް އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމާއިމެދު ކުރެވޭ ޝަކުވާއަކީ އަބަދުމެ އިވޭ ބޮޑު ޝަކުވާއެކެވެ. ސިވިލްސާވިސް ގެ މުވައްޒަފުންގެ ގޮތުގައި ޖުމްލަ 24،516 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ. ފިރިހެން މުވައްޒަފުންގެ އަދަދަކީ 10،811 އެވެ. އަންހެން މުވައްޒަފުންގެ އަދަދަކީ 13705 އެވެ. މިއީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސިވިލް ސާވަންޓުންގެ ރިޕޯޓުގައިވާގޮތެވެ.

އެހެން މުވައްސަސާތަކުގެ މުވައްޒަފުންނެކޭ އެއްގޮތަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ސިވިލް ސާރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނައުން މިވަނީ ކުލަ ނުވާ ހުވަފެނަކަށް ވެފައެވެ.

ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވަނީ މިކަމަށް އަލިއަޅުވާލާ ސިވިލްސަރވިސް މުވައްޒަފުންގެ އެންމެ ކުޑަ މުސާރައަކީ 5،000 ރުފިޔާކަމަށް ހެދުމަށް ގޮވާލާފައެވެ. އެހެންނަމަވެސް މިކަމާއި ބެހޭ ގޮތުން އެހެން އިތުރު އެއްވެސް ފަރާތެއްގެ އާރުލާ ބަހެއް ނެތުމަކީ މިކަމަށް ލިބޭ ހީނަރުކަމެކެވެ. މިކަމަށް ފޮނި އުންމީދުތަކެއް ކުރާ އެތައް އާއިލާތަކަކަށް މާޔޫސްކަން ގެނުވާނެ ކަމެކެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް " ކޯ " އެލަވަންސްގެ ނަމުގައި މަދުވެގެން 700 ރުފިޔާގެ އެލަވަންސެއް ދީ މުވައްޒަފުންގެ ހިތް އުފާކޮށް ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.