އާންމު އިންތިޚާބު ގޮނޑުވަމުން އައިސް އަތޮޅު ބަނޑުދޮށަށް ވަދެއްޖެއެވެ. ވޯޓުލާން ތިބި ރައްޔިތުންނާއި ދާދި އެއް އަދަދަކަށް ގޮނޑި ގޮނޑިއަށް ކުރިމަތިލާ ކެންޑިޑޭޓުންވެސް ފެންނަމުން އެބަދެއެވެ. ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރޭގައި މަހުޖަނުންނާއި، ޤާނޫނީ ވަކީލުންނާއި. މިހެންގޮސް މަސްވެރިން، ދަނޑުވެރިން އަދި ވަޑިން ވެސް ހިމެނެއެވެ. އާމްދަނީ ހޯދުމަށް މީހަކު ކުރާ މަސައްކަތަކުން އެމީހަކާއި މެދު މުޖުތަމައުގައި ތަފާތެއް ނުކުރެވޭނެއެވެ. އަދި އެއީ އެމީހަކަށް ލިބިދޭންޖެހޭ ހައްގު އިހުތިރާމަށް އުނިކަން އަންނާންޖެހޭ ކަމެއްވެސް ނޫނެވެ. ކަން މިހެން ހުރުމާއި އެކުވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމާ ވޯޓުލާނޭ ފަރާތެއް އިޚުތިޔާރު ކުރާއިރު، ހަގީގަތުގައިވެސް އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި ދާއިރާއެއް ތަމްސީލު ކުރައްވަން ހުންނަވާ މެންބަރަކީ، އެދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަން ހުންނަވާ ވަކީލެކެވެ. އެމެންބަރަކީ އެދާއިރާއެއްގެ ރައްޔިތުންގެ ތަހުޒީބު ވަޒަންކޮށްދޭ ތަސްވީރެކެވެ.ކަންމިހެން ހުރިއިރު ރައްޔިތުން ވިސްނަވާށެވެ. މަހުޖަނަކު ނުވަތަ މަހުޖަނެއްގެ މަދަދުގާރަކު ރައްޔިތުންގެ އަގުހުރި ވޯޓުކޮޅު ނުއަގުގައި ގަނެގެން މަޖިލީހަށް ވަދެ، ދެން ހިމާޔަތް ކުރެވޭނޭ ރައްޔިތުންގެ ހައްގެއް އޮންނާނެތޯއެވެ.؟ އެ މެންބަރަކަށް ހިމާޔަތް ކުރެވޭނީ ޒާތީ މަސްލަހަތެވެ. ނުވަތަ މިތުރު މަހުޖަނުގެ މަސްލަހަތެވެ. އެއާއިއެކު އަޅުވެތި ވެގެންދާނީ ނިކަމެތި ރައްޔިތުންނެވެ. ހިފެހެއްޓިގެން ދާނީ އެ ރައްޔިތުންގެ ވަޒީފާ ތަކުގައެވެ. ބަންދު ކުރެވޭނީ އެ ރައްޔިތުންގެ ދޫތަކެވެ. މާޒީގައިވެސް ކަން ހިނގީ މިބީދައިން ކަމުގައި ވާއިރު، މިފަހަރަކީ މިރާއްޖެއިން މިސަގާފަތް ފުހެލުމަށް ރައްޔިތުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. ފަހަރުގައި މިއީ މިކަމަށް ލިބޭނޭ އެންމެ ފަހުގެ ފުރުސަތު ކަމުގައިވެސް ވެދާނެއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.